''މެސީ އަދި ރޮނާލްޑޯ ރިޓަޔާކުރުން ވަނީ ފުޓްބޯޅަށް ދިމާވާ ބޮޑު ކާރިސާއަކަށް''

08 Sep 2019 | 14:42

މެސީ އަދި ރޮނާލްޑޯ ރިޓަޔާކުރުން ވަނީ ފުޓްބޯޅަށް ދިމާވާ ބޮޑު ކާރިސާއަކަށް ކަމަށް އިޓާލީގެ ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއަން ވިއޭރީ ބުނެފިއެވެ.

މެސީއައި ރޮނާލްޑޯ ރިޓަޔާ ކުރުމަށްފަހު ފުޓްބޯޅައިގެ ހާލަތު އޮންނާނެ ގޮތަކާމެދު ކަންބޮޑުވާ ކަމަށްވެސް އޭނާ ބުންޏެވެ. އެއްވެސް ޒަމާނެއްގައި ދެ ކުޅުންތެރިންގެ ވާދަވެރިކަން މިހާ މަތީ ފެންވަރެއްގައި ފެނިފައިނުވާ ކަމަށައި ކޮންމެ ސީޒަނެއްގެ ކޮންމެ މެޗެއްގައި ކުޅެ 40 ނޫނީ 50 ގޯލު ޖަހާ މަންޒަރު ފެނުމަކީ މުޅިން އާ ކަމެއް ކަމަށް ވިއޭރީ ބުނެފައިވެއެވެ.

އުމުރުން ދުވަސްވުމުން މެސީ އަދި ރޮނާލްޑޯ އަށްވެސް ކުޅުން ހުއްޓާލަން މަޖުބޫރުވާނެ ކަމަށައި އެދުވަހަކީ ފުޓްބޯޅައަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްވާނެ ދުވަހެއް ކަމަށްވެސް ވިއޭރީ ވަނީ ފާހަގަކޮށްފައެވެ.

ދުނިޔެ މިހާތަނަށް ދުއް އެންމެ މޮޅު ދެ ކުޅުންތެރިންގެ އިތުރުން ވިއޭރީ ވަނީ ރެއާލް މެޑްރިޑައި ބެހޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. ކާމިޔާބު އަހަރުތަކަކަށްފަހު މިހާރަކަށް އައިސް ރެއާލްގެ ފަރާތުން ދަށް ނަތީޖާތަކެއް ފެންނަނީ ކަން ފަސޭހަ ކޮށްލީމަކަމަށް އޭނާ ބުންޏެވެ. އެއީ ގަސްތުގައި ކުރާ ކަމަކުންވީ ކަމެއް ނޫން ކަމަށައި ގަބޫލުކުރެވޭ ގޮތުގައި ފަސް ސީޒަނުގެ ތެރެއިން ހަތަރު ސީޒަނުގައި ޗެންޕިއަންސް ލީގް ކާމިޔާބު ކުރެވުމުން އެހެން ވެދާނެ ކަމުގައެވެ. 

ކޮމެންޓް