ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން މާލެ އޯޕަން ސްވިމިންގް ކޮމްޕެޓިޝަން 2019 ބާއްވަނީ

10 Sep 2019 | 14:40

ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން އޯޕަން ފެތުމުގެ މުބާރާތެއް ބާއްވަން ރާވައިފިއެވެ. މި މުބާރާތަށް ކިޔަނީ ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމްޕެޓިޝަން 2019 އެވެ.

މި މުބާރާތަކީ 1 ކިލޯ މީޓަރ ނުވަތަ 500 މީޓަރުގެ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަ ޖެހިފައިވަނީ 12 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހު މާލެ ރަސްފަންނާ ދިމާ ބޭރު ކަނޑުގައިއެވެ.

ހުރިހާ އުމުރު ފުރައަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ކުޑަކުދިންގެ އިވެންޓް އޮންނާނި ރަސްފަންނު ތެރޭގައިއެވެ.

މި މުބާރާތް ރާވާ ހިންގަނީ ސްވިމް މޯލްޑިވްސް އަކީ ފެތުމާއި މޫދު ކުޅިވަރު ކުރިއަރުވައި ތަރައްޤީކޮށް ކުރިއެރެވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ސްވިމް މޯލްޑިވްސްއިން މި މުބާރާތް ބާއްވާ އެއް މަޤްޞަދަކީ، ވީހާވެސް ގިނަ ބަޔަކަށް، ވާދަވެރި، ރައްކާތެރި، އުފާވެރި މާޙައުލެއްގައި ފެތުމާއި މޫދު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ދިރާގުން މި މުބާރާތް ބޭއްވުމަށް އެއްބާރުލް ދިނުމުގެ މަގްސަދަކީ ރާއްޖެއަކީ ވަށައިގެން މޫދު އަދި ކަނޑު އެކުލެވޭ ޖަޒީރާ ގައުމެއްކަމުގައި ވުމުން، ފެތުމާއި މޫދު ކުޅިވަރަށް ވީހާވެސް ގިނަ ދިވެހިން އަހުލުވެރިކޮށް މި ފަދަ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭތީކަމަށް އެ ކުންފުނިން މައުލޫމާތުދެއްވައެވެ.

Advertisement

ކޮމެންޓް