11 Sep 2019 | 19:22
އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓެއްގައި ދިވެއްސެއްގެ ނަން!

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދައުލަތެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް އެހީތެރިވެދޭކަމަށްބުނެ ދިވެއްސަކާއި ދެކޮޅަށް އެމެރިކާގެ ސަރުކާރުން ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާރޓްމެންޓްގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލުން ފިޔަވަޅު އަޅާފައިވަނީ މުހައްމަދު އަމީން ކިޔާ ފަރާތަކާއި ދެކޮޅަށެވެ. ވޮއިސްއަށް އެނގިފައިވާ ގޮތުގައި މިއީ 2001ވަނަ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާއަށްފަހު އެކުލަވާލަން ފެށި މި ލިސްޓްގައި ދިވެއްސަކު ހިމެނި ފުރަތަމަ ފަހަރެވެ.

އެ އޮފީހުން ބުނިިގޮތުގައި އަމީނަކީ އައިއެސް-ކޭ ނުވަތަ އައިއެސް ޚުރާސަން ނުވަަތަ އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހަރަކާތްތެެރިވަމުންދާ އައިއެސް ޖަމާއަތުގެ ގޮތްޕަށް މީހުން ރެކްރޫޓް ކޮށްދޭ މީހެކެވެ. އަމީން ވަނީ 700 ޑޮލަރުގެ މުސާރައެއް ލިބޭގޮތަށް އެ ޖަމާއަތުގެ ޑިޖިޓަލް މީޑިޔާ ގޮފީގައި އުޅޭ ދިވެއްސަކަށް އަފްޣާނިސްތާނަށް ދިއުމަށް އެދިފައިކަމަށް އެމެރިކާއިން އާންމުކުރި މައުލޫމާތުގައި ވެއެވެ.

އެއީ އެ ޖަމާއަތުގެ މީޑިޔާ ގްރޫޕުން ބޭނުންވެގެން އަމީނަށް ލިޔުންތަކެއް ތަރުޖަމާކޮށްދިނުމަށްކަމަށް ބުނެއެވެ.

އެމެރިކާއިން ބުނިގޮތުގައި އަމީންއަކީ އޭނާގެ ކައިރި މީހުންނާއި ގުޅިގެން އައިއެސް ޖަމާއަތަށް މީހުން ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން އަމީންގެ ދަށުން ހަރަކާތްތެރިވާ ފަރާތްތަކުން ހަފްތާއަކު ގާތްގަނޑަކަށް ދިހަ ރެކްރޫޓްމެންޓް ސެޝަންތައް ދީނީ ކްލާސްތަކުގެ ނަމުގައި މާލޭގައި ބާއްވަމުންދިޔަ ކަމަށްވެއެވެ. މީގެން ބައެއް ގަޑިތައް އަމީންގެ ގޭގައިވެސް ނެގިކަމަށް ވަނީ ފާހަަގަކޮށްފައެވެ.

އަމީންއާއި އޭނާގެ ގްރޫޕުން ރާއްޖޭގެ ގޭންގްތަކުގެ ތެރެއިން އައިއެސްއަށް މީހުން ނަގަމުންދާކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިން މި ފަރާތްތައް ސީރިޔާއަށް ފޮނުވިކަމުގައިވިޔަސް، މިހާރު ފޮނުވަނީ އަފްޣާނިސްތާނަށްކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުހައްމަދު އަމީނަކީ ރާއްޖޭގައި ހަރަކާތްތެެރިވާ އައިއެސް ޖަމާއަތުގެ ގޮފީގެ ލީޑަރުކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައިވެސް ވަނީ ބުނެފައެވެ.

މުހައްމަދު އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ. މި މައްސަލައިގައި އޭނާ ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ލަންކާއަށް ގޮސްފައެވެ. އޭނާ ހައްޔަރުކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސެއް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ 2011ވަނަ އަހަރުގައެވެ.

ލަންކާއިން އަމީން ހައްޔަރުކޮށް މާލެ ގެނައުމަށްފަހު އޭނާ ދެ މަސް ވަންދެން ބަންދުގައި ބެހެއްޓިއެވެ. ނަމަވެސް 2012 ވަނަ އަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ.

ފޮޓޯ: ސަން

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.