ގޯހީ ޗައިނާއެއް ނޫން، ގޯހީ ނިމިދިޔަ ސަރުކާރު: ޝާހިދު

13 Sep 2019 | 22:47

ޗައިނާއާއި މެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި މައްސަލައަކީ ނިމިިދިޔަ ސަރުކާރުކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ގޯހީ ޗައިނާއެއް ނޫންކަމަށާއި ގޯހީ ނިމިދިޔަ ސަރުކާރުގެ ކޮރަޕްޓްކަމުގެ ސަބަބުން އެހީގެ ބޭނުންކުރަމުންދިޔަ ގޮތްކަމަށެވެ.

"ދިވެހި ސަރުކާރުގައި ކުރިން ތިބި ކޮރަޕްޓް ބަޔަކު ލިބުނު އެހީ އޭގެ ހައްގުނޫން ގޮތުގައި ބޭނުން ކުރަމުންދިޔުން ކުށްވެރިކުރަނީ. އެހީދޭ ފަރާތަށްވުރެ އޭގެ ނާޖާއިޒު ފައިދާ ނަގާ ފަރާތް އެއީ ގޯސް ފަރާތަކީ،" ޝާހިދު ވިދާޅުވި އެވެ.

އެބޭފުޅާ ވިދާޅުވީ ޗައިނާއަކީ ދިގު މުއްދަތެއް ވަންދެން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތެއްކަމަށާއި އެއީ ހަގީގަތްކަމަށެވެ. އެގޮތުން ސިނަމާލެ ބްރިޖްގެ މިސާލު ނަންގަވައި އެއީ ޗައިނާއިން ދިވެހިރާއްޖެއަށް ދިން އެންމެ ބޮޑު އެހީގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ އެއްވެސް ގައުމަކާއި ދެމެދު ހިތްނުތަނަވަސްކަމެއް ނެތްކަމަށާއި ކުޑައިމީސް ބަހެއްވެސް ނުބުނާނެކަމަށެވެ. މިނިސްޓަރ ވަނީ އެބޭފުޅާ ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އެގައުމުން މިހާތަނަށް ވެދީފައިވާ އެހީތަކަށް ޝުކުރު ދަންނަވައި، އެގައުމުން ދޫކޮށްފައިވާ ބޮޑެތި ލޯނުތަކުގެ ސަބަބުން ހުރި ދަތިތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް