ޖީއެފްސީ 2019: އިނގުރައިދޫއިން މާކުރަތުގެ ކޮޅަށް ލަނޑު ގޯންޏެއް!

18 Sep 2019 | 07:12

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގައި ރ.އިނގުރައިދޫއާއި އެ އަތޮޅު މާކުރަތު ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން އިނގުރައިދޫއިން ކާމިޔާބުކޮށްފިއެވެ.

ހުޅުމާލޭ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 9-1ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިނގުރައިދޫ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމްގެ ގޯލްތައް ޖަހާފައިވަނީ އަލީ ޝާފިއު، އައިހަމް އަދި އަލީ ހާފިޒެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އިނގުރައިދޫ ޓީމްގެ ހާފިޒެވެ.

މި ޓީމްގައި ހިމެނެނީ އެރަށުގައި ދިރިއުޅެމުންދާ ފަރާތްތަކާއި މާލޭގައި ދިރިއުޅެމުންދާ އިނގުރައިދޫ ޒުވާނުންނެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ހާފްކޯޓް މޯލްްޑިވްސްއިން ދުރަށް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް ވޮއިސް ވެބްސައިޓް މެދުވެރިކޮށް ކިޔުންތެރިންނަށް ގެނެސްދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި ސެމީ ފައިނަލް މެޗާއި ފައިނަލް މެޗު ވަނީ ޓީވީން ދުރަށް ދެއްކުމަށް ނިންމާފައެވެ.

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 25،000 ރުފިޔާ އެވެ.

Advertisement

ކޮމެންޓް