20 Sep 2019 | 04:46
ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލު ކުރަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 25 ބުރިއަށް އެޅި ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބަދަލު ކުރަން ސަރުކާރުން އުޅޭ ކަމަށް އިދިކޮޅުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ސަރުކާރުން އުޅެނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން "އައިޖީއެމްއެޗް ނިއު ކޮމްޕްލެކްސް"އަށް ބަދަލު ކުރަން ކަމަށެވެ.

"އަޅުގަނޑުމެން މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަޅުގަނޑުމެން ސަރުކާރަށް ގޮވާލަން ތިބޭފުޅުން މިކަހަލަ ކަންކަން ނުކުރެއްވުމަށް." ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރު ކިޔާފައިވާ ނަމެއް ބަދަލު ކުރުމަށްވުރެ ބޮޑަށް ރަނގަޅުވާނީ މި ސަރުކާރުން ރައްޔިތުންނަށް، ސަރުކާރުގެ ފެންވަރު ދައްކާލުން ކަމަށެވެ. އެގޮތުން، އެފަދަ ތަނެއް އަޅައި ރީތި ނަމެއް ކިޔުން މާ ރަނގަޅުވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން، މި ވާހަކަ ދައްކަން މި ޖެހުނީ ސަރުކާރުގެ ފިނޑިކަމުން" ޝުޖާއު އިތުރަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީން ގުޅިގެން ކުރާ މަސައްކަތަކީ ވަރަށް ބަދަހި މަސައްކަތެއް ކަމަށާއ، އެމަސައްކަތަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމަށެވެ.

އަދި މި ސަރުކާރު މިހާރު އޮތީ ޕެރެލައިޒްވެފައި ކަަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ސިންގަޕޫރުގެ ޝެންހުއާ ކުންފުނިންޏާ ހަވާލުކޮށްގެން ކުރިއަށްދިޔަ އެ މަޝްރޫއަށް 143 މިލިއަން ޑޮލަރު ހަރަދުވިއެވެ. އެ ހޮސްޕިޓަލުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާއިރު، އަދިވެސް އެތަން ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް