ރައްޔިތުންގެ ބޭނުންތައް ރައީސް ޔާމީން ފުއްދަވާ ދެއްވާނެ: ޝައިނީ

19 Sep 2018 | 13:15

ރައީސް ޔާމީން ރައްޔިތުންގެ އެންމެހާ ބޭނުންތައް ފުއްދަވައި ދެއްވާނެކަމަށާއި، އެކަމާއި މެދު އެއްވެސް ޝައްކެއްނެތް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމުން މާފަންނު ދަނޑުގައި ބޭއްވި "އެންމެން އެކަކަށް" ޖަލްސާގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވީ، ގައުމުގެ ތަރައްގީއާއި، ރައްޔިތުންގެ ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ރައީސް ޔާމީން ފަސްޖެހިވަޑައި ނުގަންވަނާނެކަމަށާއި، އެކަން އެމަނިކުފާނު ވަނީ ސާބިތުކޮށްދެއްވާފައި ކަމަށެވެ.

ޝައިނީ ވިދާޅުވީ، އެމްޑީޕީ އިން ބޭނުން ވަނީ ރާއްޖެއަށް ބޭރުގެ ސިފައިން ވެސް ގެންނަން ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތު ވަރަށް ސާފު ކަމަށާއި އެއީ އެއްޖިންސުން ގުޅުން ހިންގުމާއި ޔަހޫދީ ދީންތައް ރާއްޖޭގައި ކިޔަވައި ދިނުމުގެ ސިޔާސަތު ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެހެންކަމުން ބޮޑު ތަފާތަކުން ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭކަމަށާއި، އެކަމަށް އެންމެހާ ރައްޔިތުން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement

ކޮމެންޓް