24 Sep 2019 | 03:14
ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީއަށް

ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކާމިޔާބު ކޮށްފިއެވެ.

މެސީ މި އެވޯޑް ކާމިޔާބުކުރީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިވަޕޫލްގެ ޑިފެންޑަރު ވާޖައިލް ވެން ޑައިކްއާ ވާދަކޮށެވެ. ވެން ޑައިޑް ދެވަނައަށް ދިޔައިރު ރޮނާލްޑޯއަށް ލިބުނީ ތިންވަނައެވެ.

މިއީ މި އެވޯޑް މެސީއަށް ލިބުނު ހަވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިއާއެކު މި އެވޯޑް އެންމެ ގިނައިން ލިބުނު ކުޅުންތެރިޔާގެ މަގާމްވެސް އޭނާއަށް ވަނީ ލިބިފައެވެ. މީގެ ކުރިން މެސީ ވަނީ 2009، 2010، 2011،2012 އަދި 2015 ވަނަ އަހަރު މި އެވޯޑް ހާސިލްކޮށްފައެވެ. ރޮނާލްޑޯ ވަނީ މި އެވޯޑް ފަސް ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ.

އުމުރުން 32 އަހަރުގެ މެސީ ވަނީ ނިމިދިޔަ ސީޒަނުގައި ބާސެލޯނާ ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދީ އެޓީމަށް ސްޕެނިޝް ލީގް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ފީފާ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ލިވަޕޫލްގެ ކޯޗް ކްލޮޕްއަށެވެ. ކްލޮޕްއާއެކު މި އެވޯޑަށް ނޮމިނޭޓްވި އަނެއް ދެ ކޯޗުންނަކީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އަދި ޓޮޓެންހަމްގެ ޕޮޗެޓީނޯއެވެ.

ޕްރިމިއާ ލީގުގެ ޑޮމިނޭޝަން ފާހަގަވެގެން ދިޔަ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑް ލިބުނީ ލިވަޕޫލްގެ ކީޕަރު އެލިސަންއަށެވެ. ފެއަރ ޕްލޭ އެވޯޑް ލީޑްސް ޔުނައިޓެޑަށް ލިބުނުއިރު ޕުސްކަސް އެވޯޑް ލިބުނީ ޑެނިއެސް ޒެސޯރީއަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.