N/A
N/A
ހަބަރު 30 Sep 2019 | 07:08

ރޮނާބެއާއި އެކު ރަންމެޑަލް ހޯދުމަށް ހުޅުމާލެ އޮތީ ތައްޔާރަށް!

މުސްކުޅިން ބުނާ ބަހެއް އޮވެއެވެ. ކޮންމެ އޮޑިއެއްވެސް މަންޒިލަށް ވާސިލްވެވޭނީ ކުޅަދާނަ މާލިމީއެއް ހުރެގެންނެވެ. ދާންވީ މިސްރާބު ރަނގަޅަށް ކިޔައިދެވޭނެ މާލިމީއެއް ނެތްނަމަ ކިތަންމެ މޮޅު ފަޅުވެރިން ތިބޭ  އޮޑިވެސް ފަރަށް އަރާފާނެއެވެ. މި މިސާލަކީ ދިރިއުުޅުމުގެ ކޮންމެ ކަމެއްގައިވެސް ހިމެނޭ ކަމެކެވެ. އެގޮތުން ކުޅިވަރުގެ މައިދާނަކީ މިގޮތުން ޚާއްސަ ގޮތެއްގައި ފާހަަގަކޮށްލެވޭ ދާއިރާއެކެވެ.

މިހާރު ފެށިގެން ކުރިޔަށްދާ ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގައި އެންމެ ފާހަގަކުރެވޭ އެއް ޓީމަކީ ހުޅުމާލޭގެ ފުޓްސަލް ޓީމެވެ. ޓީމުގެ މާލިމީ ނުވަތަ ކޯޗަކަށް ހުރީ އެހާމެ ވަރުގަދަ ޝަހުސިއްޔަތެކެވެ. އާދަމް ލަރީފް ނުވަތަ ފުޓްބޯޅައިގެ ދުނިޔެއަށް މަޝްހޫރު ރޮނާބެއެވެ.

ވޮއިސްއަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ރޮނާބެ ބުނީ އޭނާގެ ފުޓްބޯޅައިގެ ދަނޑަށް ރަސްމީކޮށް އެރީ 1999ވަނަ އަހަރުގައި ކަމަށާއި ރިޓަޔަރކޮށްފައިވަނީ 2016ވަނަ އަހަރުގައި ކަމަށެވެ. ނަމަވެސް އަދިވެސް ފުޓްސަލް ކުޅެ ކޯޗިންގ ކުރަމުންދާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ނިއު ރޭޑިޔަންޓް، ވިކްޓްރީ، ވެލެންސިޔާ، ހުރާ އަދި މާޒިޔާ ފަދަ ކްލަބްތަކުގެ ޖާޒީގައި ދަނޑުމަތިން ވިދާލާފައިވާ ރޮނާބެ ވަނީ ފުޓްސަލް ކޯޗިންގްއާއި ކުޅުމުގެ ދުނިޔޭގައި ފާހަގަކުރެވޭ ވަރުގެ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން މަޝްހޫރު ކްލަބް މޯލްޑިވްސް ކަޕްގައި ރޮނާބެ ޓީމްގައި ހިމެނިގެން ރައީސް އޮފީހާއި ފިއުލް ސަޕްލައި މޯލްޑިވްސްއިން ވަނީ މި މުބާރާތުގައި އެޓީމްތަކަށް ދެވުނު އެންމެ ދުރަށް ދަތުރުކޮށްފައެވެ.

އަދި ރޮނާބޭގެ ކޯޗްކަމުގެ ދަށުން ވަން އެންޑް އޮންލީ ރީތިރަށުން ފާއިތުވި ތިން އަހަރު އިންޓަރ ރިސޯޓް މުބާރާތުގެ ތަށި ނަގާފައިވާކަމީ އޭނާ އުފަލާއިއެކު ފާހަަގަކުރާ ކަމެކެވެ.

ރޮނާބެ ލަފާކުރިގޮތުގައި އޭނާގެ ކެރިއަރުގައި ޖުމްލަ 90ވަރަކަށް ތަށި އޭނާ ވަނީ އެކި ޓީމްތަކަށް ހާސިލްކޮށްދީފައެވެ. ރޮނާބޭގެ ކެރިއަރުގެ ރަން ދުވަސްވަރު އޭނާ ވަނީ ރަންމެޑަލް ހޯދި ސާފް ޗެމްޕިއަންޝިޕް ޓީމްގައިވެސް ހިމެނިފައެވެ. އަދި އެއް ސީޒަންގައި ނުވަ ކޯނަރުން ގޯލް ޖެހި ހަމައެކަނި ފަރާތަށްވުމުގެ ރެކޯޑްވެސް އޮންނާނެކަމަށް ރޮނާބެ ވަނީ ފަޚުރުވެރިކަމާއި އެކު ފާހަަގަކޮށްފައެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ހުޅުމާލެ ޓީމަށް އިޝާރާތްކޮށް ރޮނާބެ ބުނީ އެ ޓީމުގައި ހުނަރުވެރި ކުޅުންތެރިން އެބަތިިބިކަމަށާއި ބޭނުންވަނީ ހުރިހާ ކުޅުންތެރިން ގޮވައިގެން ކުޅެވޭނެފަދަ ގޮަތަކަށް ކުޅޭ ފުޓްސަލެއްގައި ޓީމު ކުޅުންކަމަށެވެ.

އަދި މި ޓީމު ތަށި ގެންނާނެކަމަށް އުންމީދުކުރާ ކަމަށްވެސް ރޮނާބެ ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި
27 Oct 2026 ހަބަރު

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި

ތިލަފުށީގައި މި ޚިދުމަތް ފަށާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފައިވާ 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް
27 Oct 2026 ހަބަރު

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް

ޓެކްސް އެޕީލް ޓްރިބިއުނަލަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް 13.4 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްދީފައެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 12.03 މިލިއަން ރުފިޔާ ހޭދަވިއިރު، ކެޕިޓަލް ހަރަދަކީ 342،791 ރުފިޔާއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ
27 Oct 2026 ހަބަރު

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ

ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
27 Oct 2026 ހަބަރު

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

އެމްއެމްބީސީ އިން ބުނީ ނޫސްމަޖައްލާތަން ރީ ރަޖިސްޓްރީކުރަން ދިން މުއްދަތު އަންނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ. މި ބަދަލާ ގުޅިގެން، ނޫސްތައް ރީ ރަޖިސްޓްރީކުރަން ދިން މުހުލަތު ހަމަވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގެރޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ
27 Oct 2026 ހަބަރު

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ
27 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ

އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމުގައިވާ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ ބައިގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
27 Oct 2026 ހަބަރު

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރެޒިލްގެ ރައީސަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަދާކުރައްވާފައިވެއެވެ. އަދި އިންތިޚާބުގައި ލިބުނު މި ބޮޑު ކާމިޔާބީއަކީ ބްރެޒިލްގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ ޒައާމަތަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.