ގަދަ ހިފުމަކަށްފަހު އިނގުރައިދޫ މިރޭ ހޮޅުދުއާ ދެކޮޅަށް!

31 Oct 2019 | 16:29

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގައި ރ.އިނގުރައިދޫގެ ޓީމާއި ނ.ހޮޅުދޫ ޓީމްގެ ފޯރިގަދަ މެޗެއް މިރޭ އޮންނާނެއެވެ.

މި މެޗު އޮންނާނީ މިރޭ 22:15ގައި ހުޅުމާލޭ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގައި ދެޓީމުންވެސް މިހާތަަނަށް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ.

ޒޯން ދޭއްގައި އެންމެފަހުން އިނގުރައިދޫއާ ދެކޮޅަށް އޭދަފުށިން ކުޅުނު މެޗުން އޭދަފުށި ޕޮއިންޓެއް ހޯދީ ފަހަތުން އަރައި ޖެހި ގޯލުތަކުން އެއްވަރުކޮށްގެންނެވެ.

އިނގުރައިދޫގެ ފުރަތަމަ ގޯލު އަލީ ފާތިހު ކާމިޔާބުކޮށްދިން އިރު ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. ފުރަތަމަ ހާފުގައި އޭދަފުށީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށިން ނަތީޖާ ހަމަހަމަކުރީ އަހުމަދު އަޝްރަފް ޔޫސުފް ޖަހައިދިން ދެ ގޯލުންނެވެ. މި ދެގޯލުގެ ތެރެއިން ފަހު ގޯލު އަޝްރަފް ޖެހީ މެޗުގެ ފަހު ސިކުންތުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިނގުރައިދޫ ޓީމުގެ ހާއްޕެ އެވެ.

މި މެޗު ބަލާލުމަށްޓަކައި އިނގުރައިދޫ ޓީމުގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަށް އެޓީމުން ވަނީ އެދިފައެެވެ.


Advertisement

ކޮމެންޓް