ހުޅުމާލޭގެ ފުޓްސަލް ޓީމް މިފަހަރު ކުޅެނީ ޕްލާސްޓިކާއި ނުލައި!

06 Oct 2019 | 08:28

ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެެރިވާ ހުޅުމާލޭގެ ޓީމު މިހާތަަނަށް ފެންނަނީ ވަރަށް ތަފާތުކޮށެވެ. އާދަމް ލަރީފް (ރޮނާ)ގެ މާލިމީ ކަމުގެ ދަށުން އެ ޓީމުން މިހާތަނަށް ވަނީ ދަނޑުމަތީގައި އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކައި، ސަޕޯޓަރުންނާާއި އިިދިކޮޅު ޓީމުތަކުގެ ސަމާލުކަން ދަމައިގަނެފައެވެ.

ނަމަވެސް އެޓީމުން އާންމުންގެ ސަމާލުކަން ހޯދާފައިވަނީ މޮޅު ކުޅުމަކުން އެކަންޏެއް ނޫނެވެ. އެ ޓީމުގެ ޕްރެކްޓިސްތަކާއި މެޗުތަކުގައި ކުޅުންތެރިން ބޯން ބޭނުންކުރަމުންދަނީ އެހެން ޓީމްތަކާއި ޚިލާފަށް ބިއްލޫރި ފުޅިއެވެ.

އެގޮތުން އެ ޓީމުން ދަނީ ވޮސް ވޯޓާ އަދި ހޭންޑީ ވޯޓާ ހުސްކުރި ފުޅިތަކަށް ފެން އަޅައިގެން ދަނޑުމަތީގައި ބޭނުންކުރަމުންނެވެ. އެޓީމުން ވަނީ ޓީމްގެ ޖާާޒީ އިފްތިތާހުކުރުމަށް އޮތް ރަސްމިއްޔާތުގައިވެސް މިގޮތަށް އަމަލުކޮށްފައެވެ.

އެ ޓީމުން ބުނިގޮތުގައި މިގޮތަށް އަމަލުކުރުމަށް ނިންމީ އެއްފަހަރު ބޭނުންކުރުމަށްފަހު ހުޅުމާާލޭ ޓީމުން ބޭނުންކުރާ އުކާލެވޭ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާާސްޓިކް މަދުކުރުމުގެ ނިޔަތުގައެވެ. އަދި މިގޮތަށް އަަމަލުކުރުމަށް އެހެން ޓީމްތަކުގެ ކިބައިންވެސް އެދޭކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ހުޅުމާލޭގެ ޓީމުގެ މެއިން ސްޕޮންސަރަކީ ވޮއިސްއެވެ. އަދި ކޯ ސްޕޮންސަރަކީ ޕްރީމިއަރ ޕްރޮޕަޓީއެވެ. މިއީ ގޯލްޑަން ފުޓްސަލް މުބާރާތުގައި ހުޅުމާލޭގެ ޓީމެއް ވާދަކުރާ ފުރަތަަމަ ފަހަރެވެ.

Advertisement

ކޮމެންޓް