ގައުމާއި އިސްލާމްދީނުގެ ހިމާޔަތުގައި ދެމިހުންނާނަން: މެންބަރު ހަސަންޓޭ

13 Oct 2019 | 23:39

ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމްދީނުގެ ހިމާޔަތުގައި ދެމި ހުންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓް ކުށްވެރިކުރައްވާ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދަށްކަވަމުންނެވެ.

މެންބަރު ހަސަންޓޭ ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކުރައްވާ ކަމަށާއި މާތްވެގެންވާ އިސްލާމްދީނާއި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަށް ނިސްބަތްކޮށް އެ ރިޕޯޓްގައި ބޭނުންކޮށްފައިވާ ބަސްތަކަކީ ރަނގަޅުބަސްތަކެއް ނޫންކަމަށާއި އެކަން ކުރެވިގެން ނުވާނެކަމަށެވެ. 

"އަޅުގަނޑުމެން މި ތިބީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން"، އެބޭފުޅާ ވިދާޅުވިއެވެ.

ހަސަންޓޭ ވިދާޅުވީ އެ ރިޕޯޓްގައިވާ މައްސަލަތައް ސަރުކާރުން ބަލަންޖެހޭނެކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން އެކަން ކުރަމުންދާކަމަށް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

އެބޭފުޅާ ވިދާޅުވީ ގައުމެއްގައި އެއްބަޔަކު އަނެއްބަޔެއްގެ މެދުގައި އެއްވެސް ފަރާތަކުން ފަސާދަ އުފައްދައިގެން ނުވާނެކަމަށާއި ރާއްޖޭގެ ހަމަޖެހުމަކީ އިސްލާމްދީން ކަމަށެވެ. 

"މިގައުމުގެ އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް އިރާާދަފުޅު ކުރެއްވިއްޔާ އަޅުގަނޑު ކުރާނަން. ފަހަތަކަށް ނުޖެހޭނަން. މިގައުމުގެ ހިމާޔަތުގައި، މާާތްވެގެންވާ އިސްލާާމްދީނުގެ ހިމާޔަތުގައި އަޅުގަނޑު ދެމިހުންނާނަން"، މެންބަރު ހަސަންޓޭ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް