އެމްޑީޕީއާ އެމްޑީއެންއާ ޝަހިންދާއާ މި ސަރުކާރަކީ އެކައްޗެއް- ތޯރިޤް

08 Oct 2019 | 13:08

 އެމްޑީޕީއާއި އެމްޑީއެންއާ ޝަހިންދާ އިސްލާއީލްއާ، މި ސަރުކާރަކީ އެކައްޗެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ދީނަށް ފުރައްސާރަކޮށް، މޯލްޑިވްްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓާ ގުޅިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާއަށް ކުއްލި މައްސަލައެއް ވެއްދުމުން، އެ މައްސަލައިގައި ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ، "ޝަހިންދާ ސަރުކާރުން" ޖެހޭނީ އެމްޑީއެން އުވާލަން ނޫނީ އިސްތިއުފާ ދީފައި ގެއަށްދާން ކަމަށެވެ.

"އެމްޑީޕީއާ އެމްޑީއެންއާ މި ސަރުކާރާ މީ އެކައްޗެއް، މިއަކު ދެން ނެތް މާގިނަ ވާހަކައެއް ދައްކާނެ. މީ ޝަހިންދާ ސަރުކާރު" ތޯރިގު ވިދާޅުވިއެވެ.

ތޯރިގް އިތުރަށް ވިދާޅުވީ ދީނީ ބޭފުޅަކަށް ވެގެން ޝެއިހް އިމްރާން އަބްދުﷲ ސަރުކާރުގައި މިއަދު ހުންނެވިޔަސް، އެބޭފުޅާ އަކީ "ބަޣާވާތް" ކުރާ މީހެއް ކަމުގައި އެމްޑީޕީގެ މެމްބަރުން ދެކިވަޑައިގަންނަވާ ކަމަށެވެ.

ތޯރިގު ވިދާޅުވީ އެމްޑީއެން އުވާލަން ނުވަތަ، އެޖަމިއްޔާ ހުއްޓުވަން މި ސަރުކާރަށް ނުކެރޭނެ ކަމަށެެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދަކީ އެމްޑީއެންގެ ބޭފުޅުން ކަމުގައި ތޯރިގު ތުހުމަތު ކުރެއްވިއެވެ.

Advertisement

ކޮމެންޓް