މި ސަރުކާރަށް ދެމަސް ނުވަނީސް ޝަހިންދާއަށް ވަނީ މަގާމެއް ދީފައި!

08 Oct 2019 | 12:03

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)ގެ އެފްޒެކެޓިކް ޑައިރެކްޓަރު ޝަހިންދާ އިސްމާއީލް ހައްޔަރު ކުރަން ގިނަ ބަޔަކު ގޮވާލަމުން އަންނައިރު، އޭނާ ހުރީ މި ސަރުކާރުގެ އިސް މަގާމެއްގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާތަނަށް ގިނަ ކޮމިޝަންތަކެއް އުފައްދަވާފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅުގައި، 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ވަނީ ޖަލުތަކުގެ ހާލަތު ބަލާނެ ކޮމިޝަނެއް އުފައްދަވައިފައެވެ.

އެކޮމިޝަނުގައި ޝަހިންދާ އިސްމާއީލްގެ އިތުރުން މެމްބަރުންތަކެއް ހިމެނިވަޑައިގަންނަވައެވެ.

ޖަލުތަކުގެ ހާލަތު ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަނުގެ މެމްބަރުންތައް:

ޑރ އަބްދުﷲ އިސްނީން ހިލްމީ، ތެވެލި ސ ހިތަދޫ

އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމް، ހުޅުމާލެ ފްލެޓް 23-3-07

އަލްފާޟިލާ ޝަހިންދާ އިސްމާއީލް. މއ ބޯގަންވިލާ

އަލްފާޟިލް އަހުމަދު މުހައްމަދު ފުޅު، ރިހިތަޅާގެ ރ ކަނދޮޅުދޫ

އަލްއުސްތާޛާ ޒުހައިޚާ ދާއޫދު، ގ މާލޭހިޔާ 2

އަލްއުސްތާޛާ ޝާދިޔާ އާދަމް، ސާތީ އދ ދަނގެތި

އަލްފާޟިލާ އާމިނަތު ނާހީން އަހުމަދު، މާބުޅާގެ ޏ ފުވައްމުލަށް

އެކޮމިޝަނަކީ ޖަލުތަކުގެ އޮޑިޓެއް ހެދުމަށް ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަަތަމަ 100 ދުވަހު ވީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

އެމްޑީއެންގެ އެގްޒެކެޓިވް ޑައިރެކްޓަރު ޝަހިންދާ އަކީ އިސްލާމް ދީނާ ހިލާފު ވާހަކަތައް ބޭރުގެ އެކި ފޯރަމްތަކުގައިވެސް ދައްކަމުން އަންނަ މީހެކެވެ. އެގޮތުން އެއްޖިއްސުން ގުޅުން ހިންގަން ހިތްވަރުދޭ ވާހަކައެއް ދެއްކި ކަމުގެ މައްސަލަޔާއި، 2017 ވަނަ އަހަރު މާތް ﷲއަށް ފުރައްސާރަ ވާފަދަ އިބާރާތަކުން އޭނާ ޓްވީޓު ކުރި މައްސަލައެއްވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފުލުހުން ބަލާފައިވެއެވެ.

ޝަހިންދާ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވިއިރު، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އެމްޑީއެންގެ ޗެއާޕާސަން ކަމުގަައި ހުންނެވި ނޫޝީން ވަހީދުވެސް، އެމަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އަކީ ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓެއްގެ މަގާމު އަދާކުރައްވަމުން އަންނަ ފަރާތެެކެވެ.

Advertisement

ކޮމެންޓް