ރައީސް ސޯލިހު ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައިފި

08 Oct 2019 | 17:22

 ދީނަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ރިޕޯޓު ނެރުމާއެކު ދީނީ އިލްމުވެރިންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައިފިއެެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ރައީސް ސޯލިހު ދީނީ އިލްމުވެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، އެހެންނަަމަވެސް އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތައް މީޑިއާއާ ހިއްސާ ނުކުރައްވާނެ ކަމަށެެވެ. ރައީސް ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވާފައިވާކަން ދޭހަވާ ފޮޓޯތައް އެމްވީ ކްރައިސިސްއިން ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އެބައްދަލުކުރެއްވުމުގައި ޝެއިޚު ޑރ.މުހައްމަދު އިޔާޒުއާއި، ޝެއިހު އަލީ ޒައިދުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެމްޑީއެންއިން ދީނަށް ހަޖޫ ޖަހައިގެން ނެރުނު ރިޕޯޓާ ގުޅިގެން ސަރުކާރުން ފިޔަަވަޅު ނާޅާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެމައްސަލައިގައި ރައީސް ސޯލިހު ބަޔާނެއް ނެރުއްވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއިރު، އެމްޑީއެންއަށް ނިސްބަތްވާ މީހުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

Advertisement

ކޮމެންޓް