09 Oct 2019 | 12:51
ލާމަރުކަޒީ ބިލް ފާސްވުމުން ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 70 އިންސައްތަ ބޮޑުވާާނެ

ލާމަރުކަޒީ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވުމުން އެވްރެޖްގޮތެއްގައި ކައުންސިލްތަކަށް ލިބޭ ފައިސާ 70އިންސައްތަ އިތުރުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްވެއްޖެނަމަ ދައުލަތުގެ ކޮންމެ ކައުންސިލަކަށްވެސް އެވްރެޖްކޮށް ލިބޭ ފައިސާގެ އަދަދު 70 އިންސައްތަ ބޮޑުވާނެ ކަމަށާއި އަދި ބައެއް ކައުންސިލް ތަކަށް 300 އިންސައްތަ އާއި ހަމައަށްވެސް އިތުރުވެގެންދާނެކަމަށެވެ. މިއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް އެޅިގެންދާާނެ މުހިންމު ފިޔަވަޅެއްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ދައުލަތުގެ ބަޖެޓުގެ ފަސް އިންސައްތަ ޚާއްސަ ކުރެވިގެންދާނީ ކައުންސިލްތަކަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ނިޔާާޒު އިތުރަށް ވިދާޅުވީ މިބިލާއި ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ރައީސް އޮފީހުން ނިންމާ ބިލުގެ ޑްރާފްޓެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
ސިކުނޑީގެ ސީޓީ ސްކޭނުން ފެނުނީ 38 ފަންޏާއި ފަނި އަޅާފައިވާ ބިސް
މި ހާދިސާ ހިނގާފައިވަނީ ލޯރީ 2007 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރަކަށްފަހުގައެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އެ ދަތުރުގައި އޭނާ މަސްކެއުން ހުއްޓާލައިގެން ހުރި ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑަށް މި ފަނިތައް އެތެރެވީ އޭނާ ކެއި އޫރުމަހުގައި ފަނި އަޅާފައިވާ މައިކްރޯސްކޯޕިކް ބިސްތަކެއް ހުއްޓާ އެ ކެވުމުގެ ސަބަބުންނެވެ.
02 Jul 2026
ދަރިންނަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން އާއްމުކޮށްފި
މި މައްސަލައިގައި ކޯޓުން މަޢުލޫމާތު ހާމަކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު އެވެ.
02 Jul 2026
އެމެޒޯންއިން ކަސްޓަމަރުންނަށް އޮޅުވާލިކަމަށް ބުނެ ދައުވާކޮށްފި
އޭސީސީސީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ނޮވެމްބަރު 2023 އާއި އޯގަސްޓް 2025 އާ ދެމެދު އެއް މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނާއެކު އެމެޒޯންއިން ވެފައިވާ އެއްބަސްވުންތަކުގައި ކަސްޓަމަރުންނަށް ގެއްލުންވާ ފަދަ އުސޫލުތަކެއް ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނާ އެމެޒޯންއިން ޚިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރެއެވެ.
02 Jul 2026
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް
ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ
02 Jul 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮށް އަނދައިފި؛ ފަސް މީހަކަށް ފަރުވާދެނީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ދިރިނުއުޅެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހަކަށް ފަރުވާދެމުންދާއިރު އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް