10 Oct 2019 | 23:28
ނަޝީދު އެމްޑީއެންގެ ދިފާއުގައި: "އެއީ އިނގެރޭސި ބަހުން އެއްޗެއް ބުނަން އުޅެނިކޮށް ވީގޮތް"

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ހޫނު ވެފައިވާއިރު އެއީ "އިނގެރޭސީން އެއްޗެއް ބުނަން އުޅެނިކޮށް ވީ ގޮތެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަހީހު މުސްލިމްގެ ހަދީޘް ފޮތުގެ ތަރުޖަމާއެއް ނެރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ހަދީޘް އިލްމަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރު އެފަދަ ވާހަކަ ދައްކާއިރު، ބަހުގެ ހަމަތަކުން ބޭރު ވަނީ އެ އިލްމު ނޭނގޭތީ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެމްޑީއެންގެ މީހުން ދިފާއު ކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ އެމްޑީއެންއިން އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނނީ އިސްލާމް ދީނާ މެދު ނަފްރަތު އުފައްދަން ނޫން ކަމަށެވެ.

އެގޮތުން އެ މެމްބަރުންގެ މަގްސަދަކީ އިސްލާމް ދީނާ މެދު ނަފްރަތު އުފެއްދުން ނޫން ކަމަށާއި، އެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަވާފަދަ ވާހަކަތަކެއް ހުރީ އިނގެރޭސިި ބަހުން ބައެއް ވާހަކަތައް ބަޔާން ކުރަން އުޅުމުގެ ތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި އެބަސްތައް ބޭނުންކޮށްފައި ވަނީ އެމާނައިގައި ކަމަަކަށް އަޅުގަނޑަކަށެއް، އެ ރިޕޯޓު ކިޔައިގެން ނުފެނުނު. އެއީ އިނގެރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފައި ހުރި ގޮތެއް." ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން އެ ރިޕޯޓު ވިދާޅުވި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އެ ރިޕޯޓުގެ މައްސަލައިގައި 47 މެމްބަރުން ބަހުސް ކުރެއްވި ކަމަށެވެ.

އަދި މެމްބަރުންނަށް ފާހަގަވި މައްސަލައަކީ އެ ރިޕޯޓުގައި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ދޭން ޖެހޭ ގަދަރާއި ކަރާމާތް ނުދިނުމާއި،ބައެއް ބަސްތައް އެ އޮންނަ ހަމައިގެ ތެރެއިން ބޭނުން ނުކުރުން ކަމަށެވެ. އެކަން އެގޮތަށް ވަނީ އެއްވެސް މީހަކު އިސްލާމް ދީން ބަލިކަށި ކުރަން ނުވަތަ އެ ދީނާ މެދު ނަފްރަތު އުފެއްދުމުގައި މަގްސަދުގައި ނޫން ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.