އެމްޑީޕީއާއި ދެކޮޅަށް އަދާލަތުން ވާހަކަދައްކަނީ ބަޣާވާތުގެ އަސަރު ނުފިލާތީ: ޝައިޚް ހުސައިން ރަޝީދު

12 Oct 2019 | 09:55

އެމްޑީޕީއާއި ދެކޮޅަށް އަދާލަތުން ވާހަކަދައްކަމުން ގެންދަނީ "ބަޣާވާތުގެ" އަސަރު ނުފިލާތީކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ޝައިޚް ހުސައިން ރަޝީދު ވިދާޅުވީ އެމްޑީޕީ ކޯލިޝަނުގައި ހިމެނޭ ޢަދާލަތު ޕާޓީން ސަރުކާރުގައި އޮވެގެން އެމްޑީޕީ އާ އިދިކޮޅަށް އެއްވެސް އަސާސެއް ނެތް ވާހަކަތައް ދެއްކުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި އެއީ އެބޭފުޅުން ކުރެއްވި ބަޣާވާތުގެ އަސަރާއި ހަސަދަވެރިކަން އަދިވެސް ހިތުން ފިލައިގެން ނުދާކަމުގެ ސާފު ހެއްކެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ބެެލެވޭ ގޮތުގައި ޝައިޚް ބަޣާވާތުގެ ގޮތުގައި ސިފަކުރައްވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާއި ހަމައަަށް އެދުވަހު ހިނގައިިދިޔަ ކަންތައްތަކަށެވެ.

މިވަގުތު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝައިޚް ހުސައިން ރަޝީދަކީ ކުރިން އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ.

Advertisement

ކޮމެންޓް