ލޮފްޓަސް ޗީކްގެ ހެޓްރިކުން ޗެލްސީ މޮޅުވެއްޖެ

26 Oct 2018 | 03:45

ބެލަރޫސްގެ ބާޓޭ ބޮރިސޯވްއާއި ދެކޮޅަށް ޗެލްސީ ޔޫރޯޕާ ލީގުގައި ކުޅުނު މެޗު 3-1 ކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ފަރާތުން މެޗުގައި ފެނުނު ތިން ލަނޑުވެސް އެޓީމަށް ޖަހައިދިނީ ހުނަރުވެރި މިޑްފީލްޑާ ލޮފްޓަސް ޗީކެވެ. ލޮފްޓަސް ޗީކުގެ މި ހެޓްރިކަކީ ޑްރޮގްބާ 2006 ވަނަ އަހަރު ޗެލްސީއާއެކު ޔޫރަޕުގައި ހެޓްރިކެއް ހެދިފަހުން ޗެލްސީގެ ކުޅުންތެރިޔަކު ޔޫރަޕުގައި ހެދި ފުރަތަމަ ހެޓްރިކެވެ.

ބާޓޭގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ރިއޮސްއެވެ.

ސަރީގެ ކޯޗުކަމުގެ ދަށުން މޮޅު ކުޅުމެއް މިސީޒަނުގައި ދައްކަމުންދާ ޗެލްސީއަށް މެޗުގައި ލަނޑު ޖަހާނެ އެތައް ފުރުސަތެއް ލިބުނެވެ. ނަމަވެސް ކުރީކޮޅު ބޮޑު ލީޑެއް ލިބުމާއެކު މެޗު ފަސޭހަކޮށްލުމުގެ ނަތީޖާއަކަށްވީ ބާޓޭއިން ލަނޑެއް ޖެހުމެވެ. ޗެލްސީކޮޅަށް މި ލަނޑުވަނުމާއެކު ސަރީގެ ފަރާތުން ޓީމުގެ ކުޅުންތެރިންނަށް ރުޅިވެރިކަން އަމާޒުވެގެން ދިޔަތަންވެސް ފެނިގެންދިޔައެވެ.

ޔޫރޯޕާ ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޗެލްސީ އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. 

ޗެލްސީދެން ކުޅެން އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީއާއެވެ. 

Advertisement

ކޮމެންޓް