N/A
N/A
ހަބަރު 18 Oct 2019 | 10:00

ރ.އަތޮޅުން މ.އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ރ.އަތޮޅުން ފެށިގެން މ.އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާާތު ދޭގޮތުގައި މިއަދު ހެނދުނު 10:45 އިން މެންދުރުފަހު ދޭއް ޖެހުމާއި ހަމައަށް ރ. އަތޮޅުން މ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ ވަގުތުތަކުގައި އެ ސަަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ސައުވީސް ގަޑިއިރު އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްް ވަނީ ލަފާކޮށްފައެވެ. އަދި އުތުރާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވެދާނެކަމަށްެވެސް ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: 2.4 މިލިއަން ގަސް އިންދައިފި
22 Oct 2026 ހަބަރު

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: 2.4 މިލިއަން ގަސް އިންދައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 ގަސް ވަނީ އިންދާފަ އެވެ.

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ
22 Oct 2026 ހަބަރު

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ

އޭގެ ތެރޭގައި ބާވެހަލާކުވެފައިވާ އޯލް އިން ވަން ތިންް ކޮމްޕިއުޓަރު ހިމެނެ އެވެ.

ސްކޭމް ހިންގާ 847 މީހެއް: ތިން މަހުން ފަސް މިލިއަން ފޭރުނު، ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރެނީ
22 Oct 2026 ހަބަރު

ސްކޭމް ހިންގާ 847 މީހެއް: ތިން މަހުން ފަސް މިލިއަން ފޭރުނު، ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރެނީ

މި އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން: ފަސްޓްލޭޑީ
22 Oct 2026 ހަބަރު

އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން: ފަސްޓްލޭޑީ

ވިދާޅުވީ ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަކީ އެ ޤައުމަކުން އެންމެ އިސްކަންދޭ ޖެހޭ ކަންތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް
22 Oct 2026 ހަބަރު

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ފަދަ ޚާއްޞަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެކޭޖަކީ އާސިއާން، ޔޫރަޕް އަދި މެދުއިރުމަތީގެ ގާތްގަނޑަކަށް 19 ގައުމަކުން ޚިދުމަތް ލިބޭ ގޮތަށް އެކުލަވައިލެވިފައިވާ ޕެކޭޖެކެވެ.

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު
22 Oct 2026 ހަބަރު

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު

ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޮންމެ ހާލަތެއްގައި ވެސް ދިގުދެމިގެން ނުދާނެ ގޮތަކަށް ޝަރީޢަތުގެ މަސައްކަތްތައް ބައްޓަންކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި
22 Oct 2026 ހަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ
22 Oct 2026 ހަބަރު

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ

ދެ ގައުމުން ގުޅިގެން އިގްތިސާދީ ނަފާ ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.