ގުޅިފަޅު ހިއްކުމުގެ ގާބިލްކަން އެބަހުރި: އެމްޓީސީސީ

23 Oct 2019 | 16:32

ނެދަލޭންޑްސް ބޮސްކާލިސް ކުންފުންޏާއި ހަވާލުކުރި ގުޅީފަޅު ހިންގުމުގެ މަޝްރޫއުއަކީ އެމްޓީސީސީއަށްވެސް ހިންގުމުގެ ގާބިލްކަން ލިބިފައިވާ މަޝްރޫއުއެއްކަމަށް އެކުންފުނިން ބުނެފިއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެކުންފުނީގެ ވެރިޔަކު ރާާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "މިހާރު" އާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެފަދަ މަޝްރޫއުއެއް ހިންގުމުގެ ގާބިލްކަން އެމްޓީސީސީއަށްވެސް ލިބިފައިވާކަމަށާއި އެކުންފުންޏަށް އެކަން މާ ހެޔޮ އަގެއްގައި ކުރެވޭނެކަމަށެވެ.

ނަމަވެސް އެ މަޝްރޫއުއަށް އެމްޓީސީސީން ބޮސްކާލިސްއަށްވުރެ ދިގު މުއްދަތެއް ނެގީސްކަމަށް ވިދާޅުވިއެވެ.

އެގޮތުން ގުޅިފަޅުގެ މަޝްރޫއު ނިންމަން އެމްޓީސީސީ އަށް ދެ އަހަރު ދުވަސް ނަގާނެކަމަށް އެބޭފުޅާ ވަނީ ލަފާކުރައްވާފައެވެ. ނަމަވެސް ބޮސްކާލިސް އިން މި މަޝްރޫއު ހިންގަން ހޭދަވާނެކަމަށް ލަފާކޮށްފައިވަނީ ހަ މަސް ދުވަހެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މިހާރުވެސް އެމްޓީސީސީގައި އަހަރެއް ވަންދެން މެދުނުކެނޑި މަސައްކަތްކުރާނެވަރުގެ ޕްރޮޖެކްޓްތައް އެބައޮތްކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި މަސައްކަތަށް ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާއި އެކު 53މިލިޔަން ޑޮލަރުގެ (817 މިލިއަން ރުފިޔާ) އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޮކްޓޯބަރ 17ވަަނަ ދުވަހުގައެވެ.

ގުޅީފަޅު ބިން އިތުރަށް ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 6 މިލިޔަން ކިއުބިކް ކިލޯމީޓަރ ހިއްކައި، 4 ކިލޯ މީޓަރުގެ ތޮއްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް