ސިނާއީ ސަރަހައްދުގެ މަގުމަތީގައި ބަހައްޓާފައިވާ މުދާތައް ނެގުމަށް ފުލުހުންނާއި މަޝްވަރާކުރަނީ

28 Oct 2019 | 13:52

ހުޅުމާލޭގެ ސިނާއީ ސަރަހައްދުގެ މަގުމަތީގައި ގަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުރި މުދާތައް ނެގުމަށް ފުލުހުންނާއި މަޝްވަރާކުރަން ފަށައިފިއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި އާންމު ރައްޔިތުންނަށް ޚާއްސަަކުރެވިފައިވާ ދުވާރުމަތީގައި ބަހައްޓާފައިވާ މުދާތައް ނެގުމާއި ގަވާއިދާ ޚިލާފަށް ހުޅުމާލޭ މަގުމަތީގައި ކުރަމުންދާ ވިޔަފާރިތައް ހުއްޓުުވުމަށް އެޗްޑީސީން މިދިޔަ މެއި މަހުގެ 8ވަނަ ދުވަހުގައި އިއުލާނެއް ކުރިކަމަށެވެ.

ނަމަވެސް މި އިއުލާނުގެ ފަހުންވެސް އެފަަދައިން ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި މުދާ ބަހައްޓާފައިވާކަން އެޗްޑީީސީގެ ސަމާލުކަމަށް އައިސްފައިވާކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެ މުދަލުގެ ވެރިފަރާތާއި މަޝްވަރާކޮށް މުދާތައް ހުސްކުރުމަށް މުހުލަތެއް ދެވުނުކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ދީފައިވާ މުހުލަތުގެ ތެރޭގައި މުދާތައް ހުސްކޮށްފައިވާ ނުވާތީ އެކަމާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ފުލުހުންނާއި އެކު މަޝްވަރާކުރަމުންދާކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަކުން ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި މި މުދާތައް މަގުމަތީގައި ބަހައްޓަމުން ގެންދަނީ އެއް ފަރާތެއްގެ ގުދަންތަކެއްގެ ކައިރީގައިވާ ސަރަހައްދުގައެވެ. އެގޮތުން ލަކުޑިއާއި އެޅިގާވެސް ޕޭމަންޓް މަތީގައި ބަަހައްޓާފައި ހުންނަކަން އެފަރާތްތަކުން ވަނީ ފާހަަގަކޮށްފައެވެ.

Advertisement

ކޮމެންޓް