ކުރީގެ ރައީސް ޔާމީން ކުއްލިގޮތަކަށް މިއަދު ފުލުހަށް ހާޒިރުކުރަނީ

04 Nov 2019 | 13:44

ފުުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

މިއަދު މެންދުރުފަހު 14:00ޖަހާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ރައީސް ޔާމީން ހާޒިރުކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅުންހުރި މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާދަމާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ ޝަރީއަތް ބޭއްވުމަށް ތާވަލްކުރެވިފައިވާ ދުވަހެވެ. 

މިދައުވާާވެސް އުފުލަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން ގއ.ވޮޑަމުއްލާ ކިޔާ ރަށެއްގެ އެކުއިޒިޝަން ކޯސްޓް، އެސްއޯއެފް ކުންފުނި މެދުވެރިކޮށް އިސްލާމިކް ބޭންކްގައި ހުުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.

Advertisement

ކޮމެންޓް