ރައީސް ނަޝީދުގެ މައްސަލަ ރިވިއުކުރަން އެދުން: ރައްޔިތުންގެ މަތީ މަސްލަހަތު

29 Oct 2018 | 14:20

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް މުރާޖައާކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލަ މުރާޖައާކުރަން ހުށަހަޅަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމާފައިވަނީ "ހުކުމާއިގުޅިގެން ފާހަގަކުރެވޭ ކަންކަން ބަލައިދިނުމަށް މުހައްމަދު ނަޝިދުގެ މަސްލަހަތުގައި އެކިފަރާތްތަކުން މި އޮފީހަށް ހުށަހަޅަމުންދާތީއާއި މިމައްސަލައަކީ އާއްމު މަސްލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއްކަމަށް ފެންނާތީ" ކަމުގައެވެ.

އެއީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެތެރޭގައި ޖިނާއީ މައްސަލައަކާއިގުޅިގެން ކޯޓުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފްކުރަން ހުށަހެޅުމާއި ގާނޫން އަސާސީގެ އެންމެހާ ހަމަތަކާއި ގާނޫނާއި އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުން ބަޔާންކޮށްފައި އޮތް އޮތުމަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއްކަމަށްވެސް ބުނެފައިވެއެވެ. ޕީޖީ އެދިފައިވަނީ ސުޕްރީމް ކޯޓުން މިމައްސަލާގައި ނިންމާފައިވާ ގަޟިއްޔާއެވެ.

ބަޔާންގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުގެރޭ ކްރިމިނަލް ކޯޓްގެ އިސްގާޟީ އަބްދުﷲ މުހައްމަދު ގާނޫން އަސާސީއާއި ޚިލާފަށް ހައްޔަރުކޮށް، ރަހީނުކޮށް، ގާނޫނީ ނިޒާމުގެތެރެއިން ގެއްލުވާލައި، ގާނޫން އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި، މިނިވަންކަން އޭނާގެ ކިބައިން ނިގުޅައިގަނެ، ފަނޑިޔާރުންގެ އިމްތިޔާޒް ގެއްލުވާލައި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާއާއި ޚިލާފަށް 22 ދުވަސްވަންދެން ސިފައިންގެ ތަމްރީނު މަރުކަޒެއް ކަމުގައިވާ ގިރިފުށީގައި ބަހައްޓާފައި ހުރި މައްސަލައާއި ގުޅިގެންނެވެ.

އަދި އަދި ގާނޫނާއި ޚިލާފަށް ގާޟީ ބަންދުކުރުމުން ޝަރުއީ ކޯޓްތަކުން ޖެނުއަރީ 16 ވަނަ ދުވަހުން ފެށީގެން ފެބްރުއަރީ 6 ވަނަ ދުވަހާއި ހަމައަށް ނެރެފައިވާ އަމުރުތަކަށް ތަބާނުވެ، ކޯޓްތަކުގެ ހުރުމަތްކަނޑާލާފައިވާ މައްސަލާގައެވެ. މިމައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާކުރީ ޓެރަރިޒަމްގެ ގާނޫންގެ ދަށުންނެވެ.

ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދެން ބޭނުންނުވީ އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެފައިވާގޮތުގައި އެމައްސާލައި ސުޕްރީމް ކޯޓުގައި ސަލާންޖެހުންކަމަށް ވެދާނެތީ ސަލާންނުޖަހަންވެގެންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ މުރާޖައާކޮށްދޭން ސުޕްރީމް ކޯޓުގައި އެދުނުއިރު ހަމަ މިމައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރ ތަލްހަތު އިބްރާހިމްގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައިވާކޮށް ހުކުމް އިއްވާފައިވެއެވެ.

އެހެންނަމަވެސް އޭނާގެ މައްސަލަ ރިވިއުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމާފައިވާކަމެއް ނޭގެއެވެ. އެހެންކަމުން މިއީ އެއް މައްސަލައެއްގައި ދެމީހަކާއިމެދު ތަފާތުކޮށް ކަންތައްކުރުމެވެ. އެކަކީ ރައީސަކަށްވެ އޭނާއަށް ތާއީދުކުރާ މީހުން ގިނަވެފައި އަނެކަކީ ތާއީދުކުރާބަޔަކު ނެތިހުރި މީހަކަށްވުމުން އާއްމު މަތީ މަސްލަހަތު ނެތުނީއެވެ.

Advertisement

ކޮމެންޓް