02 Dec 2019 | 08:21
އާރާ 4

"ދަރިފުޅާ…" ހުސްނާ ދެތިން ފަހަރަކު ގޮވާލުމުން އާރާއަށް ޚިޔާލީ ދުނިޔެއިން ބޭރަށަ ނުކުމެވުނެވެ. "ކޮންކަމަކާ ތި ވިސްނަނީ؟" ހުސްނާ ސުވާލު ކުރަމުން އައިސް ޖޯލީގައި އިށީނެވެ. އާރާ އޮތީ އުނދޯލީގައި އޮށޯވެލައިގެން ނެވެ. "ބައްޕަ މިއަދު ހެނދުނު ބުނި ވާހަކައާ މެދު މި ވިސްނަނީ" އާރާ ފުންކޮށް ނޭވާއެއް ލަމުން ބުނެލިއެވެ. "ދަރިފުޅު ދާން ބޭނުމިއްޔަ ވަޒީފާ ހޯދާނީ. ބައްޕަ އެދުނީތީއެއް ނޫން" ހުސްނާ ޖޯލިން ތެދުވަމުން ބުނެލިއެވެ. މަންމަ ދިއުމުން އަނެއްކާވެސް އާރާއަށް މާޒީއާއި މެދު ވިސްނާލެވުނެވެ. ވިސްނަމުން ދިޔަ ވަރަކަށް އާރާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އާރާ އަށް ފާހަގަ ކުރެވެނީ މިހާރު މަގުމަތިން ފެނުނަސް މުހީން އަޅާ ނުލާ ކަމާއި އަދި މުހީން އާރާއަށް އެހާ ސަމާލުކަން ނުދޭކަމެވެ.

ހަވީރު ފިންޏަށް ރީތިވެނަލަ ހެދިގެން އާރާ ނުކުމެލީ އާރާގެ ރަހުމަތްތެރި އިންޝާއާއި އެކު ހިނގާލަން ދިއުމަށެވެ. އާރާ ގެއިން ނުކުމެގެން ގޮސް އިންޝާގެ ގެ އިންނަ މަގަށް އަޅާލެވުނީ މުހީން ކުރިމަށްޗަށެވެ. އާރާ ފެނުމާއެކު މުހީން ހީލާފައި ބުންޏެވެ. "މަންޖެ ހާދަ ނަލައޭ. ކީއްވެ ފިހާރައިން ކެނޑުނީ؟". "ހަމަ ނޭނގިގެންތަ ތި އެހީ؟" އާރާ އަށް ބޭއިޚްތިޔާރުގައި ޖަވާބުދެވުނެވެ. އާރާގެ ޖަވާބުން ވީނުވީ ހޯދަން މުހީން ބޭނުން ވިއެވެ. "އެނގޭނަމަ ނާހާނެއެއްނު މަންޖޭ" މުހީން ވާހަކަ ދިގުކުރުމުގެ ނިޔަތުގައި ބުންޏެވެ. "އަހަރެންގެ ނަމުން އަހަރެންނަށް ގޮވާ. މަންޖެ ފިހާރައިން ފެނުނީމަ ކިޔާފައި މަގުމަތިން އާރާ ކިޔާފަ" އާރާއަށް މިހާ ހިސާބަށް ބުނެވުނުތަނާ މުހީން ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން މަންޖެ އާއި މަގުމަތިން ދިމާވިތަ؟ ކީކޭ ތި ކިޔަނީ؟ ބަލަ އަހަރެން އަދި މަންޖެ ރީއްޗޭ ބުންޏަކަސް އަދި ތިވަރު ވާކަށް ނުވެއެއްނު. މި އަންހެން ކުދިންނަށް ހީވާކަހަލަ ދެން މީހަކު އެއްޗެކޭ ބުނެފިއްޔަ އެމީހަކު އެއުޅެނީ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެންނޭ. އަހަންނަށް އަދި މިއެނގުނީ މަންޖެއަށް އާރާ ކިޔާކަންވެސް" މުހީން ހިސާބަކަށް ނުރުހި ހުރެ މިހެން ބުނެފައި އާރާގެ ކުރިމަތިން ދުރަށް ދިޔައެވެ.

އާރާ އަށް މުހީން ދެއްކި ވާހަކައާއި މެދު ވިސްނަން ހުރެވުނީއެވެ. އެ ދެރޭ މަތިން މުހީން އުޅުނުގޮތް މުހީން އިންކާރު ކުރީތީއެވެ. މަގުމަތިން ދިމާވުމާއި އާރާގެ ގެއަށް އައުންވެސް މުހީން އެދިޔައީ ނުކުރާކަމަކަށް ބުނެފައެވެ. އާރާ މައްޗަށް ބަލަންހުރެ ފުން ނޭވާއެއް ވައިގެތެރެއަށް ދޫކޮށްލުމަށް ފަހު ކުރިއަށް ހިނގައިގަތެެވެ. އިންޝާގެ ގެއާއި ހަމައަށް އާދެވުނު އިރު އިންޝާހުރީ ދޮރުމަށްޗަށް ނުކުމެއެވެ. ދެކުދިން އެކުގައި ހިނގަމުންގޮސް ގޮނޑުދޮށަށް ފޭބިއެވެ. މޫދު ކައިރިއަށް ދަމުން އާރާ އޭނާގެ ފައިވާން އަތަށް ނެގިއެވެ. އަދި ލައިގެން ހުރި ޖިންސުގެ ފައިކުރިވެސް އޮޅާލިއެވެ. މޫދުގެ ރާޅު ޖަހާ ފަށުގައި ހިނގަމުން އާރާ އައެވެ. އަދިވެސް އޭނާއަށް މުހީން ދެއްކި ވާހަކަތަކާއި މެދު ވިސްނެނީއެވެ.

"އޭ އާރާ. އަަހަރެން މި ގަސްގާތު ހުއްޓަ ފޮޓޮއެއް ނާގާދީބާ!" އިންޝާ އާރާއަށް ގޮވާލަމުން ބުނެލިއެވެ. އާރާ އޭނާގެ ފޯނުގެ ކެމެރާ ހުޅުވައިގެން އިންޝާގެ ފޮޓޯ ނަގަމުން ދިޔައެވެ. ދެކުދިން ސަކަރާތް ޖަހަން ތިއްބައި އިރުއޮއްސެން ކައިރިވެއްޖެއެވެ. "އިންޝާ ސަންސެޓް ގެ ފޮޓޮއެއް ނަގާފަދޯ ގެއަށް ދާނީ؟" އާރާ އަހާލިއެވެ. އިންޝާ އެއްބަސް ވިއެވެ. "އޭ އާރާ. މަގޭ މޯޑް އެހެރަ އަންނަނީ. މަޑުކޮށްލައްޗޭ. މީޓް ކޮއްލާފަ އަންނާނަން" އިންޝާ މިހެން ބުނެފައި މޯޑް ކައިރިއަށް ދިޔައެވެ. އެ ދެ މީހުން ތިބީ އާރާއާއި ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ކައިރީގައެވެ. އާރާ ވެލިގަނޑު މަތީ އިށީނދެފައި ފޯނު ނަގާ އޮށްސެމުންދާ އިރާއި ދިމާކޮށް ފޮޓޯ ނަގަން ފެށިއެވެ.

ރަތްވިލާ އޮށްސެމުން ދާ މަންޒަރު ހީވަނީ ކުޅަދާނަ ކުރެހުން ތެރިއެއްގެ އަތުން ކުރަހާލާފައިވާ ޚިޔާލީ މަންޒަރެއް ހެނެވެ. އާރާ އެކި ގޮތްގޮތަށް އިރުގެ ފޮޓޯ ނަގަމުން ދިޔައެވެ. "އާރާ…" ވައި އަޑަކުން މީހަކު އާރާގެ ކަންފަތް ކައިރީ ބުނެލިއެވެ. އާރާ ހީކުރީ އިންޝާ ގޮވާލީ ކަމަށެވެ. "އިންޝާ ގޮވިންތަ؟" އާރާ އިންޝާއަށް އަޑުއިވޭވަރަށް ބުނެލިއެވެ. "ނުގޮވަން… އިރުވެސް އޮއްސިއްޖެދޯ. ހިނގާދާން ދެން" އާރާ އާއި ދިމާއަށް އަންނަމުން އިންޝާ ބުނެލިއެވެ. "އަހަންނަށް ހީވި މީހަކު ގޮވިހެން" އާރާ ތެދުވެ ގައިން ވެލި ފޮޅަމުން ބުނެލިއެވެ. "ހީވި ގޮތެއް ކަމަށް ވާނީ" އިންޝާ އެއްވެސް ޝައުގުވެރި ކަމެއް ނެތި ބުނެލިއެވެ. އާރާވެސް އެކަމަކާ އެހާ ބޮޑަށް އަޅައެއް ނުލައެވެ.

އާރާ އާއި އިންޝާ ވާހަކަދަށްކަމުން އިންޝާގެ ގެއާއި ދިމާއަށް ދިޔައެވެ. "ދެކުދިން ހާދަ އޮލަ ވާހަކައެއްގަ؟ އިންޝާ ނައިސްގެން މަންމަ މިހުންނަނީ. އާރާ ވެސް އާދޭ އެތެރެއަށް. ސައިބޮއެގެން ދާންވާނީ." އިންޝާގެ މަންމަ ހައްވަ ގޭގެ ދޮރުމަތީ ހުރެގެން ވާހަކަ ދެއްކިއެވެ. އިންޝާ އާއި އެކު އާރާވެސް ގޭތެރެއަށް ވަނެވެ. ސައިބޮއެގެން އާރާ ގެއަށްދާން ވެގެން ފޯނު ނަގާ ގަޑިއަށް ބަލާލިއިރު ގަޑިން ހަތެއް ޖެހުމާއި ކައިރިވެއްޖެއެވެ. "އިންޝާ އަހަރެން ދެން ދަނީ އިނގޭ. ލަސްވެސް ވެއްޖެ… އަނދިރިވެސް ވެއްޖެ ދޯ" ގޭގެ ދޮރާށިން ނުކުންނަމުން އާރާ ބުނެލިއެވެ. "އޯނޯ… މިރޭ ހަންޑި އާރާ ގެންދާނެ…" ތޫލި އަޑަކުން އިންޝާ ސަމާސާ ކޮށްލިއެވެ. "އަދިވެސް މީނަ އަހަރެން ބިރުގަންނަވަނީ ދޯ" އާރާ ބިރުގަންނަ ކަން ދައްކަމުން ބުނެލިއެވެ.

އެއްވެސް ހިލަމެއްނެތް އަނދިރި މަގުތަކުން ހިނގަމުން އާރާ ދިޔައެވެ. ގެއާއި ދާދި ކައިރިވެފައި ހުއްޓައި ދޫޏެއް އާރާގެ ފަހަތުން އުދުހިފައި އައިސް ގޭގެ ފާރުމައްޗަށް ތިރިކުރިއެވެ. "އާރާ…" ގޯތިތެރެއިން ހިނގާފައި އައިސް އޭނާ ގެއަށް ވަންނަނިކޮށް މީހަކު ގޮވާލިއެވެ. އާރާ ގޯތިތެރެއަށް ބަލާލިއެވެ. އާރާގެ ލޮލުގައި އަޅައިގަތީ ފާރުމަތީގައިން ދޫންޏެވެ. އެ ދޫނި ހުރީ އޭނާއާއި ދިމާއަށް ބަލާށެވެ. އާރާ ލޯ ކުޑަކޮށްލާފައި ފަނޑުއަލީގެ ތެރެއިން އެއީ ކޮންކަހަލަ ދޫންޏެއްތޯ ބަލާލިއެވެ. ނަމަވެސް ބެލިބެލިހެން އެ ދޫނި ތަފާތުކަން ފާހަގަވާން ފެށިއެވެ. ކާޅެއްހާ ކަޅު ދޫންޏެއް ނަމަވެސް ކާޅަކަށްވުރެ އެ ދޫނި ބޮޑެވެ. ކޮވެލީގެ ލޯ ހާ ރަތް ދެލޮލެވެ. ދޫނީގެ ފިޔަގަނޑުގައި ފެހިކުލައިގެ ދަޅައެއް ހުއްޓެވެ. އާރާއަށް އެ ދޫނި އާދަޔާ ޚިލާފުކަން ފާހަގަވުމާއެކު ބިރު ގަތެވެ.

ގޭތެރެއަށް ވަދެ ދޮރުލައްޕާފައި އިރުކޮޅަކު ދޮރުގައި ލެގިލައިގެން އެ ދޫންޏާއި ދޭތެރޭގައި ވިސްނަން އާރާ ހުއްޓެވެ. މިހެން އިރުކޮޅަކު ހުރުމަށްފަހު އެ ދޫނި ފެނޭތޯ ކުޑަދޮރުން ބޭރުބަލާލިއެވެ. ނަމަވެސް އެ ދޫނި ފެންނާކަށް ނެތެވެ. އާރާ ގޭގެ ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. އާރާ ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނެވެ.

ނުނިމޭ...

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jun 2026
ވަރލްޑްކަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންްތެރިޔަކަށް މެސީ
ވަރލްޑްކަޕްގައި މިހާތަނަށް އެންމެގިނަ ލަނޑު ޖެހުމުގެ ޝަރަފް މެސީ ހޯދާފައިވަނީ، 17 ގޯލާއެކުއެވެ
22 Jun 2026
ވަގުތީ ބަދަލެއް: ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުގައި ދެކޮޅަށް ދުއްވޭ ގޮތަށް ހަދައިފި
މިއީ ބޭރު މަގު ހަދާތީ ޓްރެފިކަށް ލުއި ކުރުމާއި ދުއްވާ މީހުންގެ ފަސޭހައަކަށް ގެނައި ބަދަލެެކެވެ.
22 Jun 2026
އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފު ކުރަނީ
ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
22 Jun 2026
ކޮމިޓީން ނިންމީ ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުންދޭން ފެންނަކަމަށް
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒަރީރަށް ރުހުންދޭން ފެންނަކަމަށް ފާސްކޮށްފައިވަނީ، ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.
22 Jun 2026
ދައުލަތުގެ އާންމު މަންފާއަށް ހިންގާނެ 19 މަޝްރޫއަކާއި، އޭގެ ބަޖެޓް ކަނޑައަޅައިފި
ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.
22 Jun 2026
މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ
މާވިންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު މާލޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓުގައި މޭރީގެ ބޮލާއި ކަރަށް ހަމަލާ ދީ ނޭވާ ހާސްކޮށްގެން މަރާލި ކަމުގެ ދައުވާއެވެ. މާވިންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލީ 4 ޖެނުއަރީ 2022 ގައެވެ.
22 Jun 2026
އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވައިފި
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއާ ސްޓާމާ ބޮޑުވަޒީރުކަމާއި ލޭބާ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.
22 Jun 2026
ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަނީ
އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.