އާތިކާގެ ދިފާއުގައި އުއްތަމަ ފަނޑިޔާރު ތެދުވެވަޑައިގެންފި

13 Nov 2019 | 12:41

ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ބަލަމުންދާާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ޑިރެކްޓަރ އާތިކާ އިބްރާހިމް ސަސްޕެންޑްކުރުމާއި ދެކޮޅަށް އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީީދީ ތެދުވެ ވަޑައިގެންފިއެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރު ވަނީ މިކަމާއި ދެކޮޅަށް ވަރުގަދަ ބަޔާނެއް ނެރުއްވާފައެވެ.

އެ ބަޔާނުގައި ބުނީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފަކާއި ދެކޮޅަށް އެންމެ ފުރަތަަމަ ފިޔަވަޅު އަޅަންޖެހޭނީ އެ މުވައްޒަފަކު މަސައްކަތްކުރާާ ކޯޓުންކަަމަށާއި، އެ ކޯޓުން ފިޔަވަޅު އެޅުމަށްފަހު ޑީޖޭއޭއަށް އެކަން ލިޔުމުން އަންގަން ޖެހޭނެކަމަށެވެ.

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ގަވާއިދާއި އާތިކާާ ޚިލާފުވިކަމުގެ އެއްވެސް ޝަކުވާއެއް ސުޕްރީމް ކޯޓުގައި ނެތްއިރު، ޑީޖޭއޭއިން އުސޫލުތަކާއި އިޖުރާއަތްތަކާއި ޚިލާފަށް ތަޢައްސުފީ ގޮތެއްގައި މަސައްކަތްކުރަމުންދާތީ އެކަމާއި މެދު ކަންބޮޑުވާކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އަދި އާތިކާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ހުށައެޅިފައިވާ މައްސަލައެއް އެންގުމެއް ނެތި، އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ނެތި ސަސްޕެންޑްކުރުމަކީ ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާއި އިދިކޮޅު، ބުލީކުރުމުގެ އަމަލެއްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ ސަބަބުން ކޯޓުތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި، ކޯޓުތަކުގެ މަސްލަހަތު ގެއްލިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް