ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

13 Nov 2019 | 21:55

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމަ އަހުމަދު އަބްދުﷲ މަގާމުން ދުރުކުރުމަށް ޖޭއެސްސީން ހުށަހެޅި މައްސަލަ، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާއަށް ދެ ފަނޑިޔާރުން ވަކިކުރުމަށް ފޮނުވި މައްސަލައިގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ހަތް މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާ ފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވަންވެސް އެޖެންޑާގައިވެއެވެ.

Advertisement

ކޮމެންޓް