ޑރ.އަފްރާޝީމްގެ މަރާއި މެދު ދޮގުވާހަކަތައް ދައްކާފައިވާ ފަރާތްތަކުން މައާފަށް އެދެންޖެހޭނެ: އާދަމް ޝަރީފް އުމަރު

16 Nov 2019 | 20:38

ދިރިއުޅެމުން ގެންދެވި ގޭގެ ސިޑިމަތީގައި ވަރަށް އަނިޔާވެރިކޮށް މަރާލެވުނު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީގެ މަރާއި މެދު ދޮގުވާހަކަތައް ދައްކާފައިވާ ފަރާތްތަކުން މައާފަށް އެދެންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.

މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ފަހުގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ދީނީ އިލްމުވެރިޔާގެ މަރާއި މެދު އޮޅުވާލައިގެް ދޮގުވާހަކަތައް ދައްކާފައިވާ ފަރާތްތަކުން މައާފަށް އެދެން ޖެހޭނެކަމަށެވެ.

"ނޫނީ ކޮމިޝަންގެ ރިޕޯޓް ދޮގުކުރަން ޖެހޭނެ"، އެބޭފުޅާ ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ އެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްގައި ހިމެނޭކަމަށް ބުނާ ވާހަކަތަކެއްގެ ޚަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެ މަރުގެ ފަހަތުގައި ސިޔާސީކަމެއް އޮތްކަމަށްބުނެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ދެއްކެވި ވާހަކަތަކުގެ ތެދުދޮގާއި މެދު އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

Advertisement

ކޮމެންޓް