މެންބަރު ޔާމީންގެ ހަމަލާ މިފަހަރު މިނިސްޓަރުންނާއި ކުންފުނި ތަކުގެ ވެރިންނަށް

29 Oct 2018 | 11:35

ވެލިދޫ ދާއިރާގެ މެންބަރު އަދި ކުރިން ޕީޕީއެމް ގެ އެންމެ ހަރަކާތްތެރި އެއްމެންބަރު ޔާމީން ރަޝީދުގެ ބަހުގެ ހަމަލާތައް ސަރުކާރުގެ މިނިސްޓަރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުނަށް ދެއްވަފިއިއެވެ.

އެގޮތުން ރޭ ޔާމީން ކޮށްފައިވާ ޓުވީޓެެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މިނިސްޓަރުނާއި، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން ސަރުކާރު ކުންފުނި ތަކުގެ މެނޭޖިންގ ޑިރެކްޓަރުން ނިންމަވާ ނިންމެވުން ތަކަށް މަޖިލިސް މެންބަރުން މާބޮޑަށް ބެހި ނޫޅޭކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މެންބަރުން އުފުއްލަވަނީ މެންބަރުންގެ ޒިންމާ އާ ނުބެހުމަށް ވަނީ ގޮވާލާފައެވެ.

ޔާމީން މިފަދައިން ޓުވީޓު ކޮށްފައި މިވަނީ މަޖިލިސް ރައީސް މަސީހް ގެ އިތުބާރު ނެތްކަމުގެ މައްސަލާގަ އާއި ރައިސް ނަޝީދުގެ ޤާރާރުގައި ސޮއި ކުރި ޕީޕީއެމް މެންބަރުންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

އޭގެތެރޭގައި މިފަހަކާ ޖެހެންދެން މިކަމުގައި އެންމެ ހަރުކޮށް އަޑު އުފުއްލެވި މެންބަރުން ޔާމީން ހިމެނިވަޑައި ގަންނަވައެވެ.

އޭގެ ފަހުން ސޯސަލް މީޑިއާ މެދުވެރިކޮށް ޔާމީން އަންނަނީ ޕީޕީއެމް ގެ އެކި ފަރާތްތަކަށް ބަހުގެ ހަމަލާ ދެއްވަމުންނެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރީޔާގެ ތަރުޖަމާނު މުއާޒް ހިމެނި ވަޑައިގަންނަވައެވެ.

ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމުން ގިނަ ބަޔަކު ދެކޭ ގޮތުގައި ކުއްލި ގޮތަކަށް ޕީޕީއެމް އަށް ނިސްބަތް ވެވަޑައިގަނަވާ މެންބަރުންގެ ރާގު ބަދަލުވެފައި މިވަނީ އިދިކޮޅު ކޯލިޝަން ގެ ޓިކެޓްގެ ބޭނުމުގައި ކަމެވެ.

ވެލިދޫ ދާއިރާގެ މެންބަރަކީ އެމްޑީޕީގެ ޓިކެޓް ގައި މަޖިލީހަށް ވާދަކޮށް ހޮވިފައިވާ ފަރާތެކެވެ. އަދި ވެލިދޫ ދާއިރާ އަކީ އެމްޑީޕީ ގެ މެޖޯރިޓީ އޮންނަ ދާއިރާއެއްކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް