އިންތިހާބެއް ބާއްވަން ކޯލިޝަންގެ ވެރިން ގާތު ރައީސް ވައުދުވި: ޖާބިރު

18 Nov 2019 | 15:49

ވެރިކަމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވަން ކޯލިޝަނުގެ އިސްވެރިންގެ ގާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރިޔާސީ އިންތިހާބެއް ބާއްވަން ރައީސް ސޯލިހު ވައުދުވެވަޑައިގަތީ ކޯލިޝަންގެ ހުރިހާ ބައިވެރިން އެއްކޮށް ބޭއްވި ބައްދަލުވުމެއްގައި އިންނަވައިގެން ކަމަށެވެ.

އެގޮތުން ވެރިކަމަށް ވަޑައިގަންނަވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އެއްބަސްވެވަޑައިގެންނެވި ކަަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ސޯލިހު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި މިހާރު އިއްޔެއަށް މިވެރިކަމަށް އެއް އަހަރު ފުރިއްޖެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

''ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަންކަން މިނިވަންކޮށްް، ރާއްޖޭގެ އިންތިހާބު ބާއްވާނެ ކަމަށް ވައުދު ވެގެން. އޭނާގެ ވެރިކަމަށް އެެއް އަހަރު ފުރުނީ. އޭނާ އިސްތިއުފާ ދީ. މިއަދަކީ އޭނާ އިސްތިއުފާ ދޭންވީ ދުވަސް.'' ޖާބިރު ވިދާޅުވިއެވެ.

ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ރައީސް ޞާލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް

Advertisement