މަރުކޮމިޝަނުގެ މެންބަރުން މަޖިލީހަށް ހާޒިރުކުރަން ޝިޔާމު ހުށަހަޅުއްވައިފި

20 Nov 2019 | 13:33

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ މަރުކޮމިޝަނުން ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް ނެރުނުު ރިޕޯޓަކީ ސައްހަ ރިޕޯޓެއްތޯ ބެލުމަށް އެކޮމިޝަނުގެ ފަސް މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް، ނައިފަރު ދަާރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހަޅުއްވައިފިއެވެ.

ޝިޔާމު ހުށަހަޅުއްވާފައިވާ މައްސަލައިގައި ވިދާޅުވެފައިވަނީ، ޑރ. އަފްރާޝީމުގެ މަރުގެ މައްސަލައިގައި ނެރުނު ރިޕޯޓަކީ ސައްހަ ރިޕޯޓެއްތޯ ބެލުމަށް ކޮމިޝަނުގެ ފަސް މެންބަރުން މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދޭ ކަމަށެވެ. އެރިޕޯޓު ނެރުނު އިރު އެއްވެސް މެންބަރަކު ސޮއިކޮށްފައި ނެތުމުން ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި ޝިޔާމު ވިދާޅުވީ އެރިޕޯޓަކީ ފަސް މެންބަރުން އެންޑޯސް ކުރި ރިޕޯޓެއް ނޫން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ. 

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އަފްރާޝީމު މަރާލުމުގައި ސަލަފު ޖަމުއިއްޔާގެ އަތެއްވާކަމަށް ތުހުމަތުކޮށްފައި ވެއެވެ. އެހެންކަމުން ސަލަފު ޖަމުއިއްޔާ އާ  މެދު ފިޔަވަޅު އެޅުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މަޖިލީހުން ދެކޭ ގޮތް ބެލުމަށް ފޮނުވާފައިވާކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.


Advertisement

ކޮމެންޓް