ރިޕޯޓާއި ގުޅިގެން ސަލަފު ޖަމުއިއްޔާއަށް ފިޔަވަޅު އެޅިތޯ ބަލަން މަހުލޫފު މަޖިލީހަށް

20 Nov 2019 | 18:26

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މަރު ތަހުގީގު ކުރުމަށް އުފެއްދި މަރުކޮމިޝަނުން ނެރުނު ޑރ. އަފްރާޝީމު އަލީގެ ރިޕޯޓާއި ގުޅިގެން ޖައުމިއްޔަތުއްސަލަފު އަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ބަލަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ޑރ. އަފްރާޝީމް އަލީ، އަވަހާރަ ކޮށްލާފައިވާ މައްސަލައިގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ އަނިޔާވެރި އަމަލު ހިންގުމައި ސަލަފް ޖަމިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭ ކަމަށެވެ. 

އެހެންވެ، އެ ޖަމިއްޔާއާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފިތޯ އާއި އަޅާފައިވާ ނަމަ އެޅީ ކޮން ފިޔަވަޅެއްތޯ ސާފު ކުރަން ބޭނުންވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

އަފްރާޝީމުގެ މަރުގެ މައްސަލައިގައި ނެރުނު ރިޕޯޓުގައި ސަލަފު ޖަމުއިއްޔާއިން ހަރުކަށި ފިކުރަށް ތާއީދުކުރާކަން ދޭހަވާ ފަދަ މޭރުމަކުން ފާހަގަކޮށްފައިވާތީ، ޖާބިރު ވަނީ ސަލަފު ޖަމުއިއްޔާ އުވާލުމަށް މަޖިލީހުގައި ގޮވައިލައްވައިފައެވެ.


Advertisement

ކޮމެންޓް