އައިޔޫއެމް މުވަޒަފުންގެ ލެޕްޓޮޕްތަކެއް އިމްތިހާނާ ދިމާކޮށް ގެއްލިއްޖެ

29 Oct 2018 | 14:45

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ އެކަޑަމިކް ބައެއް މުވަޒަފުން ބޭނުން ކުރައްވާ ޔުނިވާސިޓީގެ ލެޕްޓޮޕްތަކެއް، ޔުނިވާސިޓީ އިމްތިހާނާ ދިމާކޮށް ގެއްލިޖެއެވެ.

އެކަމާ ގުޅިގެން އައިޔޫއެމް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ހާދިސާގެ ސަބަބުން މިހާރު ކުރިއަށް ދާ ޔުނިވާސިޓީގެ އިމްތިހާނުގެ ސައްހަ ކަމަށް އެއްވެސް އަސަރެެއް ނުކުރާނެ ކަމަށެވެ. އަދި ދަރިވަރުންގެ އިމްތިހާނުތައް ދޭނީ ޝައްކެއް ނެތް މިންވަރަށް އިމްތިހާނުގެ ކަންކަން ކަށަވަރުކުރުމަށް ފަހު، "ދަރިވަރުންގެ އިމްތިހާނު ކުރުމާއި ފެނަވަރު ވަޒަންކުރުމުގެ ޤަވާއިދު" ދައިވާ ގޮތުގައި ކަމުގެ ޔަޤީންކަން އެ ޔުނިވާސިޓީން އަރުވައެވެ.

އަދި ހަޤީގަތް އޮޅޭ ގޮތައް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން ގެންދާ ގެންދިޔުން އެ ޔުނިވާސިޓީގެ ބަޔާނުގައި ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ.

މިމައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ ކަން އެ ޔުނިވާސިޓީން މައުލޫމާތު ދެއްވައެވެ.

މީގެ ކުރިންވެސް އައިޔޫއެމް ގެ އިދާރީ ބައި ހިންގަމުންދާ އޮފީހުގައި ވަނީ ވައްކަމުގެ ހާދިސާއެއް ހިނގާފައެވެ.

Advertisement

ކޮމެންޓް