31 Oct 2018 | 20:51
އިންޑިއާއިން ދިވެހިރާއްޖޭގައި އަލުން ޑިމޮކްރަސީ ގާއިމު ކުރުމަށް އެހީވި: މައުމޫން

ރައީސް ޔާމީނުގެ ސަރުކާރަށް ޕްރެޝަރުކޮށް އިންޑިއާއިން ދިވެހިރާއްޖޭގައި އަލުން ޑިމޮކްރަސީ ގާއިމު ކުރުމަށް އެހީތެރިވި ކަމަށާއި އަލަށް އަންނަ ސަރުކާރަކުން އިންޑިއާއިން ބޭނުންވާ ކަންތައްތަކަށް ސަމާލުކަންދޭނެކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޔާމީނުގެ ސަރުކާރުން ކަންތައްތައް ކުރެއްވި ގޮތުން ދިވެހި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް މިއަދު ދުޝްމަނުންގެ މައްޗަށް ޑިމޮކްރެޓިކް ބާރުތަކުގެ އެހީގައި ކުރި ލިބިފައިވާ ކަމަށްވެސް މައުމޫން ބުނެފައިވެއެވެ.

އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސް ޔާމީން އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް ބަންދުގައި ބޭތިއްބުމުގެ ސަބަބުން ސިޔާސީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ރާއްޖެއަށް މިހާރު އަމާންކަން ވެރިވެފައިވާކަމަށްވެސް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބުން ބަލިވުމާއި ގުޅިގެން ރައީސް ޔާމީން ކޯޓަށް ހުށަހެޅުއްވި މައްސަލައަށް އަލިއަޅުވާލަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރާ އިދާރާތަކައި މެދު ރައްޔިތުންގެ އިތުބާރު ފާއިތުވެދިޔަ މަދު އަހަރުތަކުގެތެރޭ ހީނަރުވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމުގެ ސަބަބުން އަލަށް އަންނަ ސަރުކާރުގައި ގާނޫނު ނެގެހެއްޓޭނެ ކަމަށްވެސް މައުމޫންވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއާއި ބެހެއްޓި ގާތް ގުޅުމާއި ބެހޭ ގޮތުން ސުވާލުކުރެވުމުން މައުމޫން ޖަވާބުގައި ދެންނެވީ ރައްޔިތުންވަނީ ގޮތް ނިންމާފަ ކަމަށާއި ރާއްޖެއާއި އިންޑިއާއާމެދު ބާއްވާ ގާތް ގުޅުމަށް ޗައިނާއިން އިހްތިރާމްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

''ރާއްޖެ ތަރައްގީ ކުރުމަށް ޗައިނާއިން ދިން އެހީތެރިކަން ފާހަގަކުރަން، ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގެތެރޭ ރާއްޖެވަނީ ކަންބޮޑުވާ މިންވަރަށް ދަރަނިވެރިވެފަ، އެހެންކަމުން އެކަންތައް އެބަޖެހޭ ރަނގަޅަށް މުރާޖާކޮށް ހަމައަކަށް އަޅުވަން. ރައްޔިތުންގެ ނިންމުމަށް ޗައިނާއިން އިހްތިރާމް ކުރާނެކަން އަޅުގަނޑަށް ޔަގީން" މައުމޫން ބުންޏެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވާން ފަށައިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހު އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުންކުރި ހުކުމްތަކަށް ބޯނުލެބުމުގެ އިތުރުން އެކަމާއި ގުޅިގެން ގައުމުގައި ކުއްލި ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ސަރަހައްދަށް ބަލާއިރުވެސް އިންޑިއާއަކީ ރާއްޖޭއާއި އެންމެ ގާތް އަދި އިތުބާރުކުރެވޭ ގައުމުކަމުގައި މައުމޫންވަނީ ސިފަކުރައްވާފައެވެ. ނިމިދިޔަ އަހަރުތަކުގައި ހިނގާދިޔަ ކަންތައްތަކުން ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫނާރާނެކަމަށް މައުމޫން ފާހަގަކުރެއްވިއެވެ.

އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައްޔިތުންކުރި ހިތި ތަޖުރިބާތަކަށްފަހު އައު ސަރުކާރުން ގައުމު އެއްބައިވަންތަ ތަނަކަށް ހަދާނެކަމުގެ ޔަގީންކަން އޮތް ކަމަށްވެސް މައުމޫން ބުންޏެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ އިންތިހާބު ބާއްވާފައިވަނީ އެމަނިކުފާނު ކުރެއްވި މަސައްކަތްފުޅު ތަކުންކަމަށާއި 2008 ވަނަ އަހަރު އެ އިންތިހާބު ބޭއްވުނުއިރު ޑިމޮކްރަސީއެއް ދަމަހައްޓައި ރައްކާތެރިކުރުމަށް ގާނޫނު ތަންދޭގޮތުން ކަންކަން މަގުފަހި ކުރެވިފައިވާނެކަމަށް މައުމޫން އިތުރަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެމަނިކުފާނުގެ ޒައާމަތުގެ ފަހުން ވަކިބައެއްގެ ލާބައާއި މަންފާއަށްޓަކައި ބާރުތައް ނަހަމަގޮތުގައި ބޭނުން ކޮށްފައިވާކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ކުރިއަށް އޮތް ތާނގަ ލިބުނު ތަޖުރިބާތަކުގެ އަލީގައި އެއްބަޔަކު އަނެއްބަޔަކު ކުއްވެރިކުރަން ނޫޅެ ގައުމުގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުން މުހިންމުކަމަށެވެ.    

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jun 2026
ފުލުހުންގެ ލޯންޗުގައި ޑިޔުޓީ ކުރަން ހުރި އޮފިސަރަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ރޭ ދަންވަރު ފުލުހުންގެ ލޯންޗުގައި ޑިޔުޓީކުރަން ހުރި އޮފިސަރަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
11 Jun 2026
އެމެރިކާއިން އެތެރެވިޔަނުދީ ފޮނުވާލި ރެފްރީއަށް ސޯމާލިއާއިން ހޫނު މަރުޙަބާއެއް
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމަށް އެމެރިކާއަށް ދިޔުމުން، އެ ގައުމަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލި ސޯމާލިއާގެ މަޝްހޫރު ރެފްރީ އުމަރު އަރުތާނަށް ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއިން ބަތަލެއްގެ ދަރަޖައިގައި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
11 Jun 2026
ޑައިމަންޑް ޖުބްލީ މުބާރާތް ޕާކިސްތާނުން ކާމިޔާބުކޮށްފި
މުބާރާތުގެ މުހިންމު ވަނަތައް ހޯދާފައިވަނީ ޕާކިސްތާނުންނެވެ. އެގޮތުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ގެންދިޔައީ ޕާކިސްތާނުންނެވެ. އެއީ ޖާން މުޙައްމަދެވެ.
11 Jun 2026
ވިސާގެ މައްސަލަތަކުގައި އިންފަންޓީނޯ އެދުނީ ހަމަޖެހިލައިގެންތިބެން
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާއަށް އެތެރެވުމުގައި ދިމާވާ ވިސާގެ މައްސަލަތަކުގައު އެމެރިކާގެ ނިންމުންތަކަށް އިހްތިރާމް ކުރުމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިއްޖެއެވެ.
11 Jun 2026
މިނިސްޓަރު އިރުތިޝާމް، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި
މިއީ މި މަހުގެ 11 އިން 12 އަށް ޗައިނާގެ ކުންމިން ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ހަތް ވަނަ ޗައިނާ – ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
11 Jun 2026
އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލް އެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
10 Jun 2026
ރައީސްގެ ޓީމަކީ އާޖެންޓީނާ، ދެވަނަ ޓީމަކީ އިނގިރޭސިވިލާތް
"އަޅުގަނޑު މިއީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް،" ރައީސް ވިދާޅުވި އެވެ.
10 Jun 2026
ދަރިފުޅަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު ފުލުހަކަށް، ހައްޔަރު ކޮށްފި
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.