ސޯމާލިއާގެ މަޝްހޫރު ރެފްރީ އުމަރު އަރުތާނަށް މަރުހަބާ ކިޔުން- ފޮޓޯ/ އަލްޖަޒީރާ
ކުޅިވަރު
11 Jun 2026 | 08:23
އެމެރިކާއިން އެތެރެވިޔަނުދީ ފޮނުވާލި ސޯމާލިއާގެ ރެފްރީ އުމަރަށް ޤައުމުން ހޫނު މަރުޙަބާއެއް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމަށް އެމެރިކާއަށް ދިޔުމުން، އެ ގައުމަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލި ސޯމާލިއާގެ މަޝްހޫރު ރެފްރީ އުމަރު އަރުތާނަށް ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއިން ބަތަލެއްގެ ދަރަޖައިގައި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އެފްރިކާގެ އެންމެ މޮޅު ރެފްރީގެ ޝަރަފު ހޯދާފައިވާ އުމަރު އަރުތާން ބުދަ ދުވަހު މޮގަދިޝޫގެ އަދަން އައްދޭ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމުން، ރަންވޭ މަތިން އޭނާއަށް މަރުޙަބާ ދެންނެވީ ސޯމާލިއާ ސަރުކާރުގެ އިސް އޮފިޝަލުންނެވެ. އަދި އެއާޕޯޓުން ބޭރުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އުފާފާޅުކުރުމާއެކު އޭނާއަށް މަރުޙަބާ ކިޔާފައެވެ.

އެއްވެފައިވާ މީހުންނާ މުޚާތަބުކުރަމުން އަރުތާން ބުނީ، ކޮންމެ ހާލަތެއްގައިވެސް ގައުމާ މެދު އުންމީދު ކަނޑާނުލުމަށް ޒުވާނުންނަށް ގޮވާލާ ކަމަށެވެ.

"ސޯމާލިއާއަކީ އަހަރެމެން އެންމެންގެ ގައުމު. ރަނގަޅު ވަގުތުތަކުގައާއި ދަތި އުނދަގޫ ވަގުތުތަކުގައިވެސް ގައުމާ މެދު އޮތް އުންމީދު ދޫކޮށްނުލުމަށް ޒުވާނުންގެ ކިބައިން އެދެން،" އޭނާ ބުންޏެވެ.

ވޯލްޑް ކަޕްގައި އިންސާފުކުރާ ފުރަތަމަ ސޯމާލިއާ ރެފްރީގެ ޝަރަފު ހޯދުމަށް ކުރި ދަތުރުގައި، އިސްތަންބޫލް މަގުން މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް އަރުތާން ދިޔައީ ސައްހަ ވިސާއަކާއެކުގައެވެ. ނަމަވެސް، އެމެރިކާގެ ބޯޑަރު އޮފިސަރުން ވަނީ އޭނާ އެތެރެވުން ހުއްޓުވައި، "ވެޓިންގ" މައްސަލަތަކެއް ހުރި ކަމަށް ބުނެ އަނބުރާ އިސްތަންބޫލަށް ފޮނުވާލާފައެވެ.

މި މައްސަލައާ ގުޅިގެން ސޯމާލިއާގެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ބުނީ، މިއީ ވަރަށް ހިތާމަވެރި ނިންމުމެއް ކަމަށާއި، މިކަމުގައި ޑިޕްލޮމެޓިކް ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެމެރިކާގެ ނިންމުން ބަދަލުނުވި ކަމަށެވެ.

ފީފާއިން ބުނެފައިވަނީ މިއީ އެމެރިކާގެ އިމިގްރޭޝަން އިދާރާތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް ސޯމާލިއާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި މިކަމުގެ ޒިންމާ ފީފާއިންވެސް އުފުލަންޖެހޭނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯމާލިއާއަށް އަމާޒުކޮށް ހަރުކަށި ދަތުރުފަތުރުގެ ހުރަސްތަކެއް ކުރިންވެސް އަޅާފައިވާއިރު، ކުރީގެ ސޯމާލިއާގެ ސަފީރު އަބޫކަރް އަރުމާން ބުނީ މިއީ ސޯމާލިއާއާ މެދު ޓްރަމްޕް ގެންގުޅޭ ނޭދެވޭ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.

އުމަރު އަރުތާނަކީ 1991 ވަނަ އަހަރު ސޯމާލިއާގެ ދާޚިލީ ހަނގުރާމައަށްފަހު، އެ ގައުމުގެ ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވުނު އެންމެ ބޮޑު އެއް ޝަޚްޞިއްޔަތެވެ. އޭނާ ވަނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކުގައި ރެފްރީކަން ކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.