23 Nov 2019 | 22:47
ފަނޑިޔާރުގެ ފުނޑާލުމުގެ މުގުލުގައި ހުރީ ރައީސް ސޯލިހާއި ރައީސް ނަޝީދު: ޔާމީން

ރާއްޖޭގެ ފަނޑިޔާރުގެތައް ފުނޑާލުމުގެ މުގުލުގައި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްްގައްޔޫމް ވިދާޅުވެއްޖެއެވެ.

''ހިބަރު ވަދު'' ގެ ނަމުގައި މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ ޖުޑިޝަރީއަށް ގެންނަމުންދާ ބަދަލުތަކަސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ޒިންމާ އަކީ ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއް ހިނގަމުންދާ ކަން ކަށަވަރު ކުރުން ކަމަށާއި ނަމަވެސް އެޒިންމާ ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ކޮންކަހަލަ ވެރިކަމުގެ ނިޒަމެއްކަން ސަރުކާރަށް ބުނެދެން ނުކެރުނު ކަމަށެވެ. ނަމަވެސް އެމަނިކުފާނު ގަބޫލުފުޅުކުރައްވައި ގޮތުގައި މިއީ އަންބޮނޑި ބޮޑު ކުރުމުގެ ވެރިކަމުގެ ނިޒާމެއް ކަމަށް ވިދާޅުވިއެވެ.

"ފަނޑިޔާރުގެ އަށް މިވަރަށް އަތް ބާނައިގެން ކަންތައްތައް ކުރި ސަރުކާރެއް އަދި ނުފެނޭ. އަޅުގަނޑު ދަންނަވާފާނަން މިއީ ކޮން ކަހަލަ ވެރިކަމުގެ ނިޒާމެއްތޯ. މިއީ ހުދުމުހުތާރު ކަމުގައި ދެވަނައެއް ނެތް އަނބޮޑި ބޮޑުކުރުމުގެ ވެރިކަމުގެ ނިޒާމެއް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ، ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރު ނަޝީދުގެ ވެރިކަމުގައި ހިނގި ކަންތައްތަކުގެ ވާހަކަ ދައްކަން ނުކެރެނީ އެއީ އަނދިރި ސޮފްހާތަކެއް ލިޔެވިފައި އޮތް ވެރިކަމެއް ކަމަކަށްވުމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ