N/A
N/A
ހަބަރު 29 Nov 2019 | 04:33

ޝައިހް ޝަމީމް އާއި އިތުރު 40 ފަރާތެއް ހައްޔަރުކުރަން އުޅޭކަމުގެ ތުހުމަތުކުރަންފަށައިފި

ޑރ. އަފްރާޝިމްގެ މަރުގެ ރިޕޯޓާއި ގުޅިގެންކަމަށް ބުނެ ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް އާއި އިތުރު 40 ފަރާތެއް ހައްޔަރުކުރުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ތައްޔާރުވެއްޖެކަމުގެ މައުލޫމާތު "ވޮއިސް" އަށް ލިބިއްޖެއެވެ.

ވަރަށް މުއުތަބަރު ފަރާތަކުން ވޮއިސް އަށް މައުލޫމާތު ދިންގޮތުގައި މަޝްހޫރު "އަންދަލުސް" ދަރުސް ދެއްވި ޝައިހް ޝަމީމް ހައްޔަރުކުރުމަށް ފުލުހުން ވަނީ ތައްޔާރީ ހާލަތައްގެނެވިފައެވެ. މީގެ އިތުރުން ވެސް އިތުރު އިލްމުވެރިން ހިމެނޭ 40 މީހުންގެ ލިސްޓެގައި ހިމެނޭ މީހުންވެެސް ހައްޔަރުކުރުމަށް ފުލުހުން ތައްޔާރުވަމުން އަންކަމަށް ތުހުމަތުކުރެވިފައެވެ.

މި މައްސަލާގައި ފުލުހުންގެ ބަހެއް ހޯދުމަށް ފުލުހުންނަށް ގުޅާލުމުން ވަނީ ބަލާލުމަށްފަހު ގުޅާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި މައްސަލާގައި ފުލުހުންގެ ބަސްލިބުމާއެކު މި މައްސަލާގެ ތަފްސީލް ގެނެސްދެވޭނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ މައުލޫމާތު އަދި ދެެވެން ނެތް ކަމަށެވެ.
މިޑީއާ އޮފިޝަލް ވިދާޅުވީ، "ފުލުހުން ކުރަމުންދާ އެކަހަލަ މަސައްކަތްތަކުގެ މައުލޫމާތު ހާމަނުކުރާނެ ކަމަށެެވެ".

މިފަދަ ތުހުމަތު ތަކެއް ކުރެވިފައި މިވަނީ ޑރ. އަފްރާޝިމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓާއި ގުޅުވައި ދީނީ ޖަމިއްޔާ ސަލަފް އަދި ޑރ. ސަޙީމް އަށް ފިޔަވަޅު އެޅުމަށް މިއަދުގެ މަޖިލީހުން ނިންމާފައިވަނިކޮށެވެ.

ދި އެ މައްސަލައިގައި ޖިނާއީ ކުށްތައް ކުރި އެހެނިހެން ހުރިހާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފައެވެ.

މި ރިޕޯޓް ފާސްކޮށްފައިވަނީ 47 މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް 10 މެމްބަރަކު ވޯޓު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މި ރިޕޯޓްގައިވާ ގޮތުގައި ޑރ.އަފްރާޝީމްގެ މަރާއި ގުޅޭގޮތުން ހިންގާފައިވާ އެކި ކަންކަމުގައި ޝާމިލްވާ ހައްދު ފަހަނައަޅާފައިވާ ފިކުރުތަކުގެ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އަދި ދިވެހިރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ފިކުރުތައް ކުރިއަރުވާ ހިންގަން މަސައްކަތްކުރާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް ވާކަން މަރުތަކާއި ބެހޭ ރިޕޯޓްގައި ތަފްސީލްކޮށް ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް އެ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ އަދަދާއި އެ ޖަމާއަތްތަކުގައިވާ ސެލްތަކުގެ މީހުންގެ އަދަދުތައް ރިޕޯޓްގައި ހިމަނާފައިނުވާކަން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ވަނީ ބުނެފައެވެ.

ޝައިހް ޝަމީމްއަކީ ދަރުސްތަކުން ރައީސް ނަޝީދު ވާދަކުރެއްވި 2013 ގެ ރިޔާސީ އިންތިހާބުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން މިއީ ބަދަލު ހިމުގެ ހަރަކާތެެއް ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޕީއެލަށް ގަތް ތެލަށް ހިޔާނާތްތެރިވި ދެ މީހަކު އަށް އަހަރަށް ޖަލަށް، ބަދަލުގެ ގޮތުގައި 13 މިލިއަން ދައްކަން އެންގި
29 Oct 2026 ހަބަރު

އެމްޕީއެލަށް ގަތް ތެލަށް ހިޔާނާތްތެރިވި ދެ މީހަކު އަށް އަހަރަށް ޖަލަށް، ބަދަލުގެ ގޮތުގައި 13 މިލިއަން ދައްކަން އެންގި

ދެ މީހުން ވެސް 8 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލައި މި މައްސަލާގައި ހިޔާނާތްތެރިވި 783،100 ލީޓަރުގެ ޑީސަލަށްވާ 6،799،800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދައްކަން ވަނީ އަންގާފަ އެވެ.

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި
29 Oct 2026 ހަބަރު

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް 97 އުނގެނުމުގެ ގޭމާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި އެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

11 ރަށެއްގެ މަގު ހެދުމަށް 912 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް
29 Oct 2026 ހަބަރު

11 ރަށެއްގެ މަގު ހެދުމަށް 912 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރު އަޅާނެ ކަމަށެވެ.

އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ، މިއަދު ފަތިހުން ފެށިގެން ޚަބަރެއް ނުވޭ
29 Oct 2026 ހަބަރު

އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ، މިއަދު ފަތިހުން ފެށިގެން ޚަބަރެއް ނުވޭ

ގެއްލިގެން ހޯދަމުން ދަނީ ރ. މީދޫ، އަތަމާގެ އަލީ އިބްރާހިމް )އައްޔަބެ( އެވ

މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގެ ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕެއް
29 Oct 2026 ހަބަރު

މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގެ ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕެއް

މި ސްކޮލަރޝިޕަކީ ކޯހުގެ ޓިއުޝަން ފީއާއި، ފޮތްތަކަށް ހިނގާ ޚަރަދާއި، އެކަޑެމިކް ކޮންފަރެންސްތަކުގެ އެލަވަންސްގެއިތުރުން މަހުން މަހަށް ދެވޭ ސްޓައިޕެންޑު ހިމެނޭހެން، ހުރިހާ ޚަރަދެއްފަ އުންޑޭޝަނުން ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.

ތުޅާދޫ 100 ހައުސިން ޔުނިޓް: ލިބުނު ޕޮއިންޓް މިހާރު ބެލޭނެ، ޝަކުވާ ހުށައެޅުން ނޮވެންބަރު 16ގެ ނިޔަލަށް
29 Oct 2026 ހަބަރު

ތުޅާދޫ 100 ހައުސިން ޔުނިޓް: ލިބުނު ޕޮއިންޓް މިހާރު ބެލޭނެ، ޝަކުވާ ހުށައެޅުން ނޮވެންބަރު 16ގެ ނިޔަލަށް

ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، މި މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސޯލިހް
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސޯލިހް

‏މީގެ އިތުރުން އީގަލް ހިލްސުން އަޅާނެކަމަށް ބުނާ 5،000 ހައުސިންގ ޔުނިޓް ޖެހެނީ ދިވެހި ސަރުކާރުން ގަންނާން ކަމުގައި ސޯލިހް ވިދާޅުވި އެވެ.