ކޮކާކޯލާއަކީ އެންމެ ގިނަ ޕްލާސްޓިކް ފުޅި އުފައްދާ ކުންފުނި!

01 Dec 2019 | 11:16

މަޝްހޫރު ގިނަ ލުއި ބުއިންތަކެއް އުފައްދާ ކޮކާކޯލާ ކޮމްޕެނީއަކީ ދުނިޔޭގެ އެންމެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކުނި އުފައްދާ ކުންފުންޏަށް ވެއްޖެއެވެ.

މަޝްހޫރު ބައިނަލްއަގްވާމީ އެންޖީއޯއެއްކަމުގައިވާ ބްރޭކް ފްރީ ފްރޮމް ޕްލާސްޓިކުން ކޮކާކޯލާ ކުންފުންޏަށް މި ލަގަބު ދިން މިއީ ދެވަނަ އަހަރެވެ.

އެ ޖަމްެއިއްޔާއިން ވަނީ ދުނިޔޭގެ 51 ގައުމުގައި ހަރަކާތްތެރިވާ  72,541 ވޮލަންޓިޔަރުން މެދުވެރިކޮށް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ކުނި ހޮވާފައެވެ. މި ކުނިތަކުގެ ތެރެއިން 43 އިންސައްތައަކީ ކޮންސިއުމަރ ބާވަތްތައް ކަމުގައިވީހިނދު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކޮކާކޯލާ ކުންފުނީގެ އުފެއްދުންތަކެވެ.

އެގޮތުން ދުނިޔޭގެ 37 ގައުމަކުން 12،000އެއްހާ ތަފާތު އެކުންފުނީގެ އުފެއްދުންތައް ހުސްކުރި ފުޅިތައް ވަނީ ހޯދާފައެވެ. މި ކުންފުނީގެ އިތުރުން ދެން އެންމެ ގިނަ ކުނި އުފައްދާފައިވަނީ ޕެޕްސީ އަދި ނެސްލޭ އިންނެވެ.

ކޮކާކޯލާގެ ކުނިތައް އެންމެ ގިނައިން ފެނިފައިވަނީ ޔޫރަޕާއި އެފްރިކާ ބައްރުންނެވެ.

Advertisement

ކޮމެންޓް