ފަނޑިޔާރު ޣަނީ ވަކިކުުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމެޓީއަށް!

27 Nov 2019 | 11:37

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މި މައްސަލަ އެ ކޮމެޓީއަށް ފޮނުވާފައިވަނީ އެކަމާއި މެދު ގޮތެއް ނިންމުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވުމުންނެވެ.

ޖޭއެސްސީން ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމި އިރު އޭނާގެ ސުލޫކީ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.

އޭސީސީއަށް ހުށަހަޅާފައިވަނީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ގާޒީކަމުގައި ހުންނެވިއިރު 2012 ވަނަ އަހަރު ހުށަހެޅި މައްސަލައެއް ނުބަލައި ފައިލްކޮށްފައި އޮތުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން ޣަނީގެ ސުލޫކީ މައްސަލަތަކެއްވެސް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެއެވެ. ފަނޑިޔާރު އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވުނީ 2018 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުން މީގެކުރިން ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކޮށްފައެވެ.

Advertisement

ކޮމެންޓް