އީ-ޓުކުރިން ރަށުގެ އުފެއްދުންތައް ރަށުން ބޭރަށް!

29 Nov 2019 | 16:39

ދުނިޔެ ބަވަނަމުންދާއިރު، އޭގެ އެންމެ ބޮޑު ފައިދާއެއް ކުރަމުން އަންނަ އެއް ދާއިރާއަކީ ވިޔަފާރިއެވެ. ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި މިއަދު ވިޔަފާރީގެ ދާއިރާ ފުޅާވެ ކުރިއަރަމުންދާއިރު، އެކަމުގެ ފައިދާ މި ދިވެހިރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކަށްވެސް ދަނީ ކުރަމުންނެވެ. މިއަދު ދިވެހިންނަކީވެސް ވިޔަފާރީގެ މާހައުލުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުން އަންނަ ބަޔެކެވެ.

ދިވެހިރާއްޖޭގެ ރަށްރަށާއި ދޭދޭ ފަރުދުންގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ އިހު ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި ކަމެކެވެ. ނަމަވެސް އެކަން އެންމެ އެދެވޭ ގޮތުގައި ކުރުމަށް އަބަދުވެސް ވަނީ ގިނަ ގޮންޖެހުންތަކެއް ގިރާކުރަން ޖެހިފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ރާއްޖެ ޤުދުރަތީގޮތުން ވަކިވަކި ރައްތަކެއްގެ ގޮތުގައި އޮތުން ހިމެނެއެވެ. އެހެނަސް މިއަދު އެ ހާސްކަމާއި ވަކިވެ، ވިޔަފާރީގެ ދާއިރާއަށް ވަނީ އުފާވެރި ޚަބަރެއް ލިބިފައެވެ. މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ލޯކަލް ޕްލެޓްފޯމެވެ.

އީ-ޓުކުރި ލޯކަލް ޕްލެޓްފޯމްގެ މައިގަނޑު މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވްސްތަކާއި އަދި އޮންލައިން ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް، މުޅި ރާއްޖެއަށް އެ ވިޔަފާރީގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށްވުމެވެ. ރަށު ބަންދުންނާއި އަތޮޅު ބަންދުން ވީއްލި، ރާާއްޖޭގެ ހުރިހާ ސަަރަހައްދަކަށް ދިވެހިންގެ ފަންނުވެރިކަން ދައްކުވައިދިނުމެވެ.

މި ޕްލެޓްފޯމްގައި ފިހާރައެއް ރަޖިސްޓަރކުރުމަށްފަހު، އެ ފިހާރައިން މުދާ ވިއްކުމާއި، އޮންލައިންކޮށް ފައިސާދެއްކުމާއި އަދި ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުސަތުވެސް ލިިބިގެންދާނެއެވެ. މި ހުރިހާ ކަމެއްގައިވެސް އީ-ޓުކުރީގެ ޓީމްެގެ އެހީ ލިބިގެންދާނެކަމަށް މޯލްޑިވްސް ޕޯސްޓުން މައުލޫމާތުދެއެވެ.

ހިތަށް އަރާފާނެއެވެ. މިހާރުވެސް އަމިއްލަ ފަރާތްތަކުންވެސް އޮންލައިންކޮށް އުފެއްދުންތައް ވިއްކައި، ޑެލިވަރކޮށް ހަަދައެއް ނޫންހެއްޔެވެ؟ ތެދެކެވެ. ނަމަވެސް އީ-ޓުކުރިން ގަނެވިއްކާ މުދާ ޕޯސްޓްގެ ޑެލިވަރީ ނިޒާމުގެ ތެރެއިން މާލެއާއި ރާއްޖޭގެ ކަންކޮޅުތަކަށް ރައްދުކޮށްދެވޭނެއެވެ. މި މުދާތައް އޭގެ އެންމެ ފަހުގެ މަންޒިލަށްދާއިރު، އޭގެ މިސްރާބުވެސް ދެނެގަނެވޭނެއެވެ.

މިއަދު ދިވެހި ވިޔަފާރީގެ ސިނާއަތް ކުރިއަރައިދާން ޖެހިފައިވާއިރު، އެކަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރަންޖެހެއެވެ. މި ދައުުރު އަދާކުރުމުގައި އެފަރާތްތަކުގެ އުފެއްދުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދޭނެ މެދުވެރިޔާއަކީ އީ-ޓުކުރިއެވެ. ދެން ތިލަދުންމަތީގެ ކަނަމަދު މެޓާވެސް އައްޑޫގައި ހުންނަ މީހާއަށް ލިބޭނެއެވެ. އައްޑޫގެ ބޮނޑިވެސް ތިލަދުންމަތީގައި ހުންނަ މީހާއަށް ލިބޭނެއެވެ. އީ-ޓުކުރިން ގެނެސްދޭނެ ބަދަލަކީ މިއީއެވެ.

އީޓުކުރީގެ އަމާޒަކީ ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤުވާމީ މާކެޓެއް ހޯދައިދުނުން ކަމަށް އީޓުކުރިން މައުލޫމާތުދެއްވައެވެ.

Advertisement

ކޮމެންޓް