ރައީސް ސޯލިހާއި ރައީސް ނަޝީދު ވަލީއަހުދު މުހައްމަދާއި ބައްދަލުކުރައްވައިފި

01 Dec 2019 | 20:30

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބޫދާބީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސައުދި އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު މިއަދުވަނީ، އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު އާ ވެސް ބައްދަލު ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔުނައިޓެޑް އަރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފައިވަނީ އަބޫދާބީގެ ވަލީ އަހްދު، ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހުޔާނުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަހްދުގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް