ދައުރު ބަދަލުވާއިރަކު އެއަށް ހާއްސަ ހާލަތެއް ހާލަތެއް ޤާއިމްކޮށްދީފައެއް ނެތް - މެންބަރު ނަޝީދު

30 Oct 2018 | 21:44

މާލިއްޔަތު ޤާނޫނުގައި ފަސްއަހަރުން އެއްފަހަރު ދައުރު ބަދަލުވާ ވުމަށް ހާއްސަ ހާލަތެއް ޤާއިމްކޮށްދީފައި ނުވާކަމަށް ކުޅިދުފުށި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަ ދައްކަވަމުން މެންބަރު ނަޝީދުވަނީ އާސަރުކާރުގެ ބަޖެޓް ހުށަހެޅުމަށް މާލީޔަތު ގާނޫނު ހާއްސަ ހާލަތެއް ގާއިމްކޮށްފައި ނެތްކަމާއި މިހާރު އޮތް ސަރުކާރުން އިންތިހާބު ވި ސަރުކާރުގެ ބަޖެޓް ހުށަހެޅުމަކީ މާ ހަރުދަނާ ކަމެއް ކަމަކަށް ދެކިވަޑައި ނުގަންނަވާކަމަށެވެ.

"އަޅުގަނޑުމެންގެ އެ ޤާނޫނެއް ވެސް ނުދަނޭ އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ ފަސް އަހަރުން އެއްއަހަރު ރިޔާސީ އިންތިހާބެއް އަންނާނެކަމެއް، އާސަރުކާރެއް އަތުވެދާނެކަމެއް، ސިޔާސަތުތަކާއި ޕްރޮގްރާމްތައް ބަދަލުވެދާނެކަމެއް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެ ގާނޫނަށް ވެސް ޖާގަ ދޭން، ކޮންމެވެސް ވަރަކަށް ލަސް ވަގުތެެއްގައި އެމީހުނަށް އެކަންތައް ވުން" ނަޝީދު ވިދާޅުވިއެވެ.

އަދި ވަގުތީ ހައްލެއް ހޯދުމަށްޓަކައި 100 ދުވަހުގެ މަސައްކަތުގެ ޕްރޮގްރާމް ތަކަކަށް ވާ ހަރަދެއް އޭގެތެރޭގައި ހިމަނުއްވައިގެން ގެނައުމަކީވެސް މުޅި މަންޒަރު ފެންނާނެ ކަމެއް ކަމަކަށް ޤަބޫލުނުކުރެެއްވޭކަމާއި އެކަން ހައްލު ކުރުމަށް މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާއަށް އިސްލާހެއް ގެންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާއަށް އިސްލާހެއް ގެންނަން ޖެހޭ ފަސް އަހަރުން އެއް އަހަރު ވެރިކަން ބަދަލުވާނަމަ ބަޖެޓް ހުށަހެޅުމުގެ ފުރުސަތު ދަންމާލުމަށް، މިއަހަރުގެ ތަޖުރިބާއިން ފިލާވަޅު ލިބިގެން" ނަޝީދު ވިދާޅުވިއެވެ.

މެންބަރު ނަސީދު އިތުރަށް ވިދާޅުވިގޮތުގައި މާލިއްޔަތު ގާނޫނު ފުރަތަމަ ގެނައި އިރުގަ އޭގަ އަޅުގަނޑުމެން ލިޔުނީ އެހިނގަމުން ދާ އަހަރު ނިމުމުގެ އެއްމަސް ދުވަސް ކުރިން ބަޖެޓް ހުށަހަޅަން ވާނެކަމަށެވެ.

"ފަހުން އިހަކަށް ދުވަހު އަޅުގަނޑުމެން އެބަދަލު ކުރީ ދެމަސް ދުވަސް ކުރިއަށް ލާފަ. އަޅުގަނޑުމެން އެންމެވެސް މަޖިލިސް ބޭނުންވީ ސްކޫލް ކުދިންގެ ޗުއްޓީއާއެކު އަހަރީ ބޮޑު ޗުއްޓީއެއް ދާންވެގެން މަޖިލީހުގެ ގަވައިދު ބަދަލު ކުރަން. މަޖިލިސް ޗުއްޓީއާ ދާތީވެ އެއަށްވުރެ ކުރިއަށް އެކެއް ނޮވެންބަރަށް އަޅުގަނޑުމެން އެޖެއްސީ ވަރަށް ފަހުން ގެނައި އިސްލާހެއްގައި. އެއިސްލާހު ގެނައިމަ މިވާގޮތަކީ އަންނަ އަހަރަށް އަންނަ ބަޖެޓް ފާސް ކުރަން މަޖިލީހަށް ހުށަހަޅަން އެބަޖެހޭ އެކެއް ނޮވެންބަރުގެ ކުރިން. ފިނޭންސް މިނިސްޓްރީން މިހާރު މިއުފުލާ ޕްރެޝަރަކީ އެއީ" ނަޝީދު ވިދާޅުވިއެވެ.

މެންބަރު ނަޝީދަކީ ޤާނޫނީ ގޮތުން ފުންނާބު އުސް، މަޖްލިސް ބިލް ހުށަހެޅުމުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ޤާނުނުތަކުގައި މިފަދަ ބޮޑެތި މައްސަލަތައް ފޫބައްދަން ޖެހިފައި ވަނިކޮށްވެސް މަޖިލިސް ނުބޭއްވި އޮތީ ކުރާނެ މަސައްކަތެއް ނެތުމުންކަމަށްވެއެވެ.

މިއަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބަޖެޓް ހުށަހެޅުމަށް ވަނީ ޕީޕީއެމް އިން ގޮވާލާފައެވެ. އަދި އެ ބަޖެޓް ފާސްކުރާނެކަމާއި ވޯޓް ދޭނެކަން ވެސް ވަނީ ޕީޕީއެމް އިން ހާމަކޮށްފައެވެ. 

ކޮމެންޓް