އެސްޓީއޯގެ އާއްމު ހިއްސާދާރަކު ޝުއޫރު ފާޅުކުރަނީ... ފޮޓޯ: އެސްޓީއޯ
ވިޔަފާރި
18 May 2025 | 06:58
މިއީ ރެކޯޑެއް. ޖަލްސާ ނުނިމެނީސް އެސްޓީއޯގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ޖަމާވެއްޖެ

މިއީ އަދި ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެކެވެ. ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުންޏެއްގެ ހިއްސާގެ ފައިދާ މިހާ އަވަހަށް ޖަމާވި އަޑެއް ނާހަމެވެ. ޕަބްލިކް ކުންފުނިތަކުގެ އަހަރީ އާއްމުޖަލްސާ މީޑިއާތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަތާ ގާތްގަނޑަކަށް 15 އަހަރަށްވުރެ ގިނަދުވަސް ވެދާނެއެވެ. ނަމަވެސް ރެއަކީ މުޅިން ތަފާތު ރެއެކެވެ.

އެސްޓީއޯގެ އަހަރީ އާއްމުޖަލްސާ ބާސެލޯ ނަސަންދުރަ ހޮޓަލުގައި ރޭ ބޭއްވިގެންދިޔައިރު، މި ޖަލްސާ ވެގެން ގޮސްފައިވަނީ ހިއްސާދާރުންނަށް ޑިވިޑެންޑް ބަހަން ފާސްކުރުމަށްފަހު ހިއްސާގެ ފައިދާ އެންމެ އަވަހަށް ޖަމާވި އަހަރީ އާއްމު ބައްދަލުވުމަށެވެ. އެސްޓީއޯއިން ރޭ ނިންމާފައިވަނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށެވެ. މިއީ މިދިޔަ އަހަރުވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އަދަދެވެ. މި ނިންމުމާއެކު އެސްޓީއޯއިން ހިއްސާދާރުންނަށް 90 މިލިއަން ރެއިން ރެއަށް ޖަމާކޮށް ނިންމިއިރު، މީގެ ތެރެއިން އާއްމު ހިއްސާދާރުންނަށް ލިބޭނެ އަދަދަކީ 17 މިލިއަން ރުފިޔާއެވެ. ބާކީ 73 މިލިއަން ރުފިޔާ ޖަމާވާނީ  އެސްޓީއޯގެ ބޮޑު ހިއްސާދާރު ސަރުކާރަށެވެ.

އަހަރީ އާއްމު ޖަލްސާގެ ތެރެއިން... ފޮޓޯ: އެސްޓިއޯ

ރޭގެ ޖަލްސާގައި އާއްމު ހިއްސާދާރަކު ވާހަކަދައްކަމުން ވަނީ، އެސްޓީއޯގެ ހިއްސާގެ ފައިދާ ޖަމާވިކަން ފާހަގަކޮށް ކުންފުނި ތާރީހުގެ ތެރެއަށް ވަދެގެން ދިޔަކަން ފާހަގަކޮށްފައެވެ. އަދި މިކަމަކީ އެހެން ކުންފުނިތަކުންވެސް ނަމޫނާއަކަށް ބަލަންވީ ކަމެއްކަމަށް އޭނާ ބުންޏެވެ. މީގެ ކުރިއަށް ޖެހިލާއިރު އަހަރީ އާއްމު ޖަލްސާގައި ފާސްކުރާ ހިއްސާގެ ފައިދާ ނަގަން ދާންޖެހެނީ ކުންފުނީގެ ހެޑް އޮފީހަށެވެ. އެގޮތުން ހިއްސާގެ ފައިދާ ޖަމާނުވެގެން މީގެކުރިން އެތައްފަހަރަކު ކުންފުންޏަށް ގުޅަން ޖެހޭކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ޕަބްލިކް ކުންފުނިތަކުގެ އަހަރީ އާއްމުޖަލްސާ ވެފައި އޮންނަނީ އާއްމު ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑާ ދެމެދު އަރާރުންވާ، މާލަމެއްގެ ގޮތުގައެވެ. ހިއްސާދާރުންގެ ޝަކުވާތައް އަޑުއެހުމަށް މީގެކުރިން ކުންފުނިތަކަށް އެކަށީގެންވާ ވަގުތު ނުދީ ޖަލްސާ ނިންމާލައެވެ. އެގޮތަށް ޖަލްސާތައް ކުރިއަށްގެންދާތީވެ، މީގެ ކުރިން އެތައް ފަހަރަކު ސީއެމްޑީއޭއިން ވަނީ ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ކުންފުނިތަކުން އަންގާފައެވެ. މީގެ ކުރިން އާއްމު ގޮތެއްގައި ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާތައް ކުރިއަށްގެންދަނީ ބޮޑުހިއްސާދާރު ނުވަތަ ފައިނޭންސް މިނިސްޓްރީ ބޭނުންވާ ގޮތަށެވެ. އާއްމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު އިންތިހާބުކުރާ ވޯޓުގައި ސަރުކާރުން މީގެ ކުރިން ބައިވެރިވެފައި ހުރިކަމީ މީގެ މިސާލެކެވެ.

ހިއްސާދާރުންނަށް ސުވާލުކުރަން ބޭނުންވާ ވަގުތު ދީގެން އަހަރީ އާއްމު ޖަލްސާ މީގެ ކުރިން ކުރިއަށްގެންދަން ފެށީވެސް އެސްޓީއޯއިންކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ރޭގެ ޖަލްސާގައިވެސް އެސްޓީއޯއިން ވަނީ ހިއްސާދާރުންގެ ސުވާލުތައްކޮށް ނިމެންދެން ވަގުތުދީފައެވެ. އަދި ސުވާލުތަކަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވަނީ ފުރިހަމައަށް ޖަވާބުދާރީވެފައެވެ. 

ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުން ނިކުތީ ހިތްހަމަޖެހިގެން, ފާސްކުރި ހިއްސާގެ ފައިދާ ޖަމާވިކަމުގެ އުފަލާވެސް އެކުގައެވެ. މިއީ އަދި ރާއްޖޭގެ ޕަބްލިކް ކުންފުންޏެއްގެ ހިއްސާދާރުންނަށް މީގެ ކުރިން ލިބުނު އުފަލެއް އަދި ކުންފުންޏަކަށް ހާސިލްކުރެވުނު ކަމެއްވެސް ނޫނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.