އިދިކޮޅުން އިނގިރޭސި ސަފީރާއި ބައްދަލުކޮށްފި

04 Dec 2019 | 20:14

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އިނގިރޭސި ވިލާތުން ދިވެހިރާއްޖެެއަށް ކަނޑައަޅާފައިވާ ސަފީރު ކެރޮން ރޮސްލަރއާއި ބައްދަލުކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެޕާޓީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެން، ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސަފީރާއި ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު، ޕީޕީއެމްގެ ނައިބު ރައީސް ޑރ މުހައްމަދު މުއިއްޒު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް، އަދި ޕީއެންސީގެ މަޖްލީސް މެންބަރު ފަޒުލް ރަޝީދެވެ.

މި ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިނގައިދިޔަ ގޮތާއި، އެމަނިކުފާނު ޖަލުގައި ހުންނެވި ހާލަތާއި ގުޅޭގޮތުން ވަނީ އިނގިރޭސި ސަފީރަށް މައުލޫމާތުދީފައެވެ.

ކުރިމިނަލް ކޯޓުން، ރައީސް ޔާމީންގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.

Advertisement

ކޮމެންޓް