ހުޅުމާލޭގެ މަގުތައް އަލިކުރުމުގެ މަސައްކަތް ފަށައިފި

05 Dec 2019 | 19:05

ހުޅުމާލޭގައި ރޭ ހިނގައިދިޔަ އަނިޔާވެރި ގަތުލާއި ގުޅިގެން ހުޅުމާލޭގެ މަގުތައް އިތުރަށް ދިއްލުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ ހިތާމަވެރި ހާދިސާތައް މަދުކޮށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ މަގުތައް އިތުރަށް އަލިކުރުމަށްޓަކައި އިތުރަށް މަގުބައްތި ޖެހުމުގެ މަޝްރޫއުއެއް ފަށާފައިވާާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުންނާއި ގުޅިގެން ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން ޖުމްލަ 48 ސީސީޓީވީ ކެމެރާ ހުޅުމާލޭގެ އެކިއެކި ސަރަހައްދުގައި ހަރުކޮށްފައިވާނެކަމަށް ވަނީ ބުނެފައެވެ.

މި ބަޔާން ނިންމާލަމުން އެޗްޑީސީން ވަނީ ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުން ފަހިކޮށްދިނުމަށްޓަަކައި އެކި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަަމަށް ބުނެފައެވެ.

އަދި މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ހުޅުމާލޭގެ އެންމެހާ ރައްޔިތުންގެ އެއްބާރުލުމަށް އެދޭކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް