N/A
N/A
ހަބަރު 06 Dec 2019 | 17:55

ސާޅީސް އަހަރު ޖަލުގައި އޮންނަން ޖެހުނަސް ހުންނާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި: ޣައްސާނު

ސާޅީސް އަހަރު ޖަލުގައި ހޭދަކުރަން ޖެހުނަސް ހުންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްގައްޔޫމްގެ ފަހަތްޕުޅުގައި ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްޗާނު މައުމޫން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާނު ވިދާޅުވީ، ބަޔަކު ދައްކާ ބިރަކަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ޕިޕީއެމްގެ ސަފުތައް އެނބުރެނީ ރައީސް ޔާމިން ވަށައިގެން ކަމަށާއި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.

''ބަޔަކު ދައްކާނެ ބިރަކަށް އާޅުގަނޑުމެން ފަހަތަށް ނުޖެހޭނެ. ޖަލަށް ލިޔަސް ހެޔޮ. 40 އަހަރު އޮވެފައިވެސް ނިކުމެ ކުރާނީ ރައީސް ޔާމީނުގެ ހައްގުގައި މި މަސައްކަތް.'' ޣައްސާނު ވިދާޅުވިއެވެ.

ޣައްސާނު ވިދާޅުވީ ޕީޕީއެމް އިން ފަހުރުވެރިވާ، ބިނާކުރުވަނިވި ފިކުރުގެ މައި ތަނބަކީ ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީނަކީ މިގައުމު ތަރައްގީކޮށްދެއްވި ލީޑަރުކަން މުޅިދުނިޔެ ހެކިވާނެ ކަމަށާއި ރައީސް ޔާމީން އަކީ އިސްލާމްދީން ހިމާޔަތް ކޮށްދެއްވި ރައީސް ކަމަށް ޣައްސާނު ވިދާޅުވިއެވެ.

ޣައްސާނު ވިދާޅުވީ، ގައުމުގެ އިގްތިސޯދު ވެއްޓިފައި މިއޮތް ހިސާބުން އަލުން ނަންގަވާ ހިރަފުސް ފޮޅާލައްވައި، އަލުން ކުރިއަށް ވަޑައިގަންނަވާނެ ރައީސަކީ ރައީސް ޔާމީން ކަމަށެވެ.

''އަޅުގަނޑުމެން ރައީސް ޔާމީންގެ ފަހަތްޕުޅުގައި މިތިބެނީ، ރާއްޖޭގެ މިނިވަންކަން އެމަނިކުފާނުގެ މޭފުޅުންވިޔަސް ހިމާޔަތް ކުރައްވާނެ ރައީސަށް ވީތީ.'' ޣައްސާނު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި
26 Oct 2026 ހަބަރު

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި

އެމްއެމްއޭއިން ބުނީ، ސުންގަޑި ހަމަވާއިރު ވެސް ޤާނޫނާ އެއްގޮތަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމުކުރެވޭނެ ކަމަށެވެ.

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ
26 Oct 2026 ހަބަރު

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ބިލެއްގައި، ދިރާސީ އަހަރު ކިޔެވުން ފެށޭނެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ކަމުގައި ތަޢުލީމާބެހޭ ޤާނޫނުގައި ކަނޑައަޅުއްވައި، އެކަން ހިމަނާފައިވެއެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި
26 Oct 2026 ހަބަރު

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ސެންޓްރަލް ޕާކުގައި
26 Oct 2026 ހަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ސެންޓްރަލް ޕާކުގައި

މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އެމްއެންޔޫއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
26 Oct 2026 ހަބަރު

އެމްއެންޔޫއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އުފެއްދުންތެރި ހުނަރުތައް މެދުވެރިކޮށް ޝުއޫރު ފާޅުކުރުމަށް ފުރުސަތު ދިނުމާއި، އެކަކު އަނެކަކަށް އެހީތެރިވާފަދަ އެކުވެރި މާހައުލެއް އެމްއެންޔޫގައި ގާއިމުކުރުމެވެ.

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި
26 Oct 2026 ހަބަރު

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ )އެމް.އެން.ޔޫ( އިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ޒިންމާދާރުކަމާއެކު އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" މިއަދު ރަސްމީކޮށް ނެރެފިއެވެ. މި ރިޕޯޓު ނެރެދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި
26 Oct 2026 ހަބަރު

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި

މަރްޔަމް މޫސާ މަރުވި މައްސަލައިގައި ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.