ރައީސް ޔާާމީންގެ ހުކުމާއި މެދު ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕާޓީއަކުން ކަންބޮޑުވެއްޖެ

11 Dec 2019 | 20:26

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި މެދު ޔޫރަޕްގެ އިއްތިހާދުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕާޓީއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސްޮ ޕާޓީން ވަނީ އެ ހުކުމާއި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނީ ރައީސް ޔާމީންގެ ޝަރީއަތް ބޭއްވިފައިވަނީ ހާމަނޫން އަދި އާދަޔާ ޚިލާާފު ހާލަތްތަކެއްގައި ކަމަށެވެ. އެގޮތުން އެހެނިހެން ބޮޑެތި މައްސަލަތަކާއި ޚިލާފަށް އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ކުރައްވާފައިވަނީ އެންމެ ފަނޑިޔާރެއްކަމަށް ވަނީ ފާހަގަކޮށްފައެވެ. 

އަދި މި ޝަރީއަތް ސަރުކާރުގެ ފަރާތުން ސިޔާސީކުރުމުގެ ސަބަބުން، މިއީ އިންސާފުވެރި ހުކުމެއް ނޫންކަމަށް އެނގެން އެބައޮތްކަމަށް އީސީއާރު ޕާޓީން ވަނީ ބުނެފައެވެ. އެޕާޓީން ވަނީ ދިވެހިރާއްޖޭގައި ގާނޫނީ ބާރުވެރިކަމާއި އިންސާނީ ހައްގުތައް ނެތިދިއުން ތަހުގީގުކުރުމަށް ޔޫރަޕްގެ އިއްތިހާދަށް ގޮވާލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބަޔާނުގައި އެޕާޓީގެ ފަރާތުން ވަނީ މިދިޔަ އަހަރު އިންތިޚާބުން ބަލިވި ހިސާބުން ފެށިގެން ސަރުކާރުން ރައީސް ޔާމީން ހިފަހައްޓައި، މިވަގުތު ދިވެހިރާއްޖޭގައި އުއްތަމަ ފަނޑިޔާރަކާއި ޕްރޮސެކިއުޓަރ ޖެނެރަލެއް ނެތްކަމަށްވެސް ބުނެފައެވެ. 

Advertisement

ކޮމެންޓް