18 Dec 2019 | 16:10
އިންޑިޔާއަށް ބާާރުލިބިދޭ ދޮގު ޚަބަރު ފަތުރާ ނެޓްވޯކެއް ފަޅާއަރުވާލައިފި

އަވައްޓެރި އިންޑިޔާއަށް ބާރުލިބިދޭ ފަދަ އެކިއެކި ދޮގު ޚަަބަރުތައް ފަތުރާ ނެޓްވޯކެއް ފަޅާއަރުވާލައިފިއެވެ.

އިންޑިޔާއަށް ތާއިދުކޮށް އެގައުމުގެ ޒަމާންވީ ހަތުރެއްކަމުގައިވާ ޕާކިސްތާނާއި ދެކޮޅަށް ދޮގު ޚަބަރު ފަތުރާ މި ނެޓްވޯކް ފަޅާ އަރުވާލާފައިވަނީ ބްރަސްލްސްގައި ހުންނަ އީޔޫ ޑިސްއިންފޯ ލެބުން ކުރި ތަހުގީގަކުންނެވެ.

މި ތަހުގީގުން ހާމަވެފައިވާ ގޮތުގައި އިންޑިޔާގެ ޝްރިވާސްތަވާ ގްރޫޕުން ފަހަތުގައި އޮވެގެން ދަނީ ދުނިޔޭގެ 65ގައުމެއްގައި ތަރައްގީކޮށްފައިވާ 265ވެބްސައިޓް މެދުވެރިކޮށް އިންޑިޔާއަށް ބާރުލިިބިދޭ ފޭކް ނިއުސް ނުވަތަ ދޮގު ޚަބަރު ފަތުރަމުންނެވެ. އަދި މި ނެޓްވޯކުން ޔޫރަޕްގެ ގައުމުތަކުގައި ޕާކިސްތާނާއި ދެކޮޅު ހަރަކާތްތައްވެސް ހިންގަމުންދާކަމަށް ވަނީ ބުނެފައެވެ.

އީޔޫ ޑިސްއިންފޯ ލެބްގެ މި ތަހުގީގު ފެށިފައިވާ ވަނީ ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ އޮންލައިން މެގަޒިނެއްކަމަށް ބުނެ ހިންގަމުންދިޔަ އީޕީ ޓުޑޭ ނަމަކަށް ކިޔާ ވެބްސައިޓަކުންނެވެ. ނަަމަވެސް މި ވެބްސައިޓާއި ގުޅޭގޮތުން ކުރި ތަހުގީގުގައި އެފަރާތުން ވޮއިސް އޮފް އެމެރިކާއާއި ރަޝިޔާ ޓުޑޭ ފަދަ ހުޅަނގާއި ދެކޮޅު ޚަބަރުތައް ފަތުރާ ފަރާތްތަކުގެ ޚަބަރުތައް ޝާއިއުކޮށްފައިވާކަމަށް ވަނީ ހާާމަވެފައެވެ.

އީޕީ ޓުޑޭގެ މައްސަަލަ އިތުރަށް ތަހުގީގުކުރުމުން މިިއީ އިންޑިޔާގެ ޝްރިވާސްްތަވާ ގްރޫޕްގެ ވެބްސައިޓެއްކަމަށާއި، އެފަދަ އެހެނިހެން ވެބްސައިޓްތައްވެސް އެކުންފުނިން ހިންގަމުންދާކަަމަށް ވަނީ އެނގިފައެވެ. މިފަދަ ގިނަ ވެބްސައިޓްތަކަށް ނަންދީފައިވަނީ މީގެ ކުރިން ހިންގާފައިވާ މީޑިޔާތަކުގެ ނަމާއި، އަސްލު މީޑިޔާތަކާއި އެއްގޮތް ޒާތުގެ ނަންތައް ކިޔައިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފޭކް ނިއުސް ނެޓްވޯކްގައި ހިމެނޭ އަމިއްލަ ޖަމާއަތްތަކުގެ ފަރާތްތަކުން ވަނީ މި ވެބްސައިޓްތަކުގައި ޚިޔާލު ލިޔުންތަކެއް ޝާއިއުކޮށްފައެވެ. މި ނެޓްވޯކާއި އިންޑިޔާގެ ސަރުކާރާއި އެއްވެސް ގުޅުމެއް އޮތްކަމަކަށް އެނގިފައެއް ނުވެއެވެ.

މަސްދަރު: ބީބީސީ

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ