24 Dec 2019 | 18:53
ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒުގެ ސުލޫކީ މައްސަލައެއް ބަލަނީ

ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު ފާއިޒު ހުސައިންގެ ސުލޫކީ މައްސަލަތަކެއް ހުރިތޯ ޖޭއެސްސީން ބަލަން ފަށައިފިއެވެ.

އަހުމަދު ފާއިޒުގެ ސުލޫކީ މައްސަލައެއް ހުރިތޯ ބެލުމަށް ޖޭއެސްސީން ނިންމީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށްއައްޔަން ކުރުމަށް، ޖޭއެސްސީއަށް އަހުމަދު ފާއިޒުގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމާއި ގުޅިގެންނެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އުއްތަމަ ފަނޑިޔާރު ކަމުގައި ފާއިޒު ހުންނަވައިގެން ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައިވާ ގާނޫނާ ހިލާފް ކަންކަމުގައި ބައިވެރިވެ ވަޑައިގެންފައިވޭތޯ އާއި ސުޕްރީމް ކޯޓުގެ އިހުތިސާސުން ބޭރުން، ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ އިހުތިސާސުގެ ތެރެއަށްވަދެ ސުޕްރީމް ކޯޓުގެ ބެންޗުން ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ.

އަދި ފާއިޒު އަކީ އެ ނިންމުންތަކުގައި ބައިވެރި ވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ބެލެވޭތީ، އެ ސަބަބައްޓަކައި އެކަން ބެލުމަށް ޖޭއެސްސީން ނިންމީ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ފާއިޒުގެ މައްޗަށް ތުހުމަތުކުރަނީ، ޖޭއެސްސީގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ނެގި މައްސަލަ އާއި ޖުޑިޝަލް ކައުންސިލް އުފެއްދި މައްސަލަ އެވެ.

މީގެއިތުރުން އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ މައްޗަށް އަމިއްލަ އިސް ނެގުމުގެ މަތިން މައްސަލައެއް ބަލައި ހުކުމް އިއްވި މައްސަލަ އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ވެސް ސްމޯޓޯ މައްސަލައެއް ހިންގި މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.

ސުލޫކީ މައްސަލާގައި ބުނެފައިވަނީ އެ ނިންމުންތައް ސުޕްރީމް ކޯޓުން ނިންމިއިރު ވެސް އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވީ ފާއިޒު ކަމަށެވެ. އެހެންކަމުން އެކަންކަން ބަލަން ޖެހޭނެ ކަމަށެވެ.

ފާއިޒުގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑީޔާރު އާދަމް މުހައްމަދުގެ މައްޗަށްވެސް ކުރިއެވެ. އެމައްސަލައިގައި އެދެބޭފުޅުން މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
16 Sep 2026
އިނގިރޭސި ލީގްކަޕް؛ ލިވަޕޫލް އަތުން ބަލިވެ، މުބާރާތުން ސްޕާސް އަލްވަދާއު ކިޔައިފި
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މި މެޗުން ސްޕާސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ
16 Sep 2026
ސޫދާނުގައި ރަން ނަގަމުންދިޔަ މައިނެއް ވެއްޓި މަދުވެގެން 60 މީހުން މަރުވެއްޖެ
މި ހާދިސާގައި ސަލާމަތްވި ދެ މީހަކު ބުދަ ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށާއި އެމީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
16 Sep 2026
ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ސިމާން ހާދީއެވެ.
16 Sep 2026
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި،
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
16 Sep 2026
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.