ކުލީގެ މައްސަލަ ހައްލުވާނީ މާލެ ފުރިއްޖެކަމަށް ގަބޫލު ކުރުމުން: އަލީ ހުސައިން

29 Dec 2019 | 22:17

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ކުލީގެ މައްސަލަ ހައްލުވާނީ، މާލެ ފުރި ބަންޑުންވެއްޖެ ކަމަށް ގަބޫކޮޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އިންކަމް ޓެކްސް ނަގަން ސަރުކާރުން ނިންމުމާއި ގުޅިގެން މާލޭ އިމާރާތްތަކުގެ ކުލި ބޮޑުކުރާ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުަޑަކުރުމުން ކަމަށެވެ.

''މާލޭގެ ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުަޑަކުރުމުން. މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން. މާލެއަށް ތޮއްޖެހުން އިތުުރުވާނެ ޕްރޮޖެކްޓް ތައް އެހެން ސަރަހައްދަކަށް ގެންދިޔުމުން. މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރުމުން.'' އަލީ ހުސައިން ވިދާޅުވިއެވެ.

މާލޭގެ ކުރީގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނުވަނީ ގެދޮރުގެ ކުލީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ނަމަވެސް އެކަމަށް އަދި މިހާތަނަށް ސަރުކަރުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އިންކަމް ޓެކްސް ނަގަން ގާނޫނަކުން ފާސްކުރުމާއެކު މާލޭގެ ކުލި މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

Advertisement

ކޮމެންޓް